ގދ. ނަޑެއްލާގައި ދެ ޒުވާނެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކުގެ ބޯފަޅާލައިފި އެވެ.

ނަޑެއްލާއިން މިރޭ ސަންއާ ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު އެ ރަށު ކެފޭއެއްގައި އެ ރަށު ޝަބުނަމް، ޝާން ޝަރީފް، އިންދައި އެ ރަށު ދެތަނޑިމާގެ، ނިޒާރު އިދްރީސް އެ ކެފޭ އަށް ވަދެ ޝާންގެ ބޮލުގައި ލަކުޑިބުރިއަކުން ޖަހައި ހަމަލާދީފައިވާ ކަމަށެވެ. ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ދެ މީހުންގެ މެދުގައި ރޭގައި ވެސް ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.

މަރަމާރީގައި ބޯފަޅައިގެން ދިޔަ މީހާ އަށް ފަރުވާދިނުމަށް ފަހު ފޮނުވާލި ކަމަށް ނަޑެއްލާ ސިއްހީ މަރުކަޒުން ބުނެ އެވެ. މާރާމާރީގެ މައްސަލާގައި އެ ދެ މީހުން ވެސް ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވާ ކަމަށް ސަން މައުލޫމާތުލިބިފަ އެވެ.

ފުލުހުން ބުނެފައި ވަނީ ނަޑެއްލާގައި މިއަދު ހެނދުނު ދެ މީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ މަށެވެ.