25 Sep 2013, 14:49
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަވަހަށް ބޭއްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.
ރާއްޖެ އަށް އެކްރެޑިޓްކޮށް ސްރީލަންކާގައި އެމެރިކާ އިން ގާއިމްކޮށްފައިވާ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ބުރުގެ ވޯޓުލީ މީހުން ގިނަ ވުމުން އެނގެނީ ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ރައްޔިތުންގެ މަންދޫބުން ހޮވަން ބޭނުންވެފައިވާ މިންވަރު ކަމަށެވެ.
"ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ފަދައިން، ދެވަނަ ބުރެއް އަވަހަށް ބޭއްވުމަކީ ދިމިކްރާތީ އިޖްރާޢަތަށާއި ދިވެހި ރައްޔިތުންގެ އެދުން ރަމްޒުކޮށްދޭ ފަދަ އިން ވެރިކަން އަމާންކަމާ އެކު ބަދަލުވުމަށް ކޮންމެހެން މުހިއްމުކަމެވެ،" އެމެރިކާގެ ބަޔާނުގައިވެ އެވެ.
އެމެރިކާ ސަފީރު މިޝެލް ޖޭ.ސިސަން ވަނީ 24 –25 ސެޕްޓެމްބަރުގައި މާލޭގައި ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ބަޔާނުގައި އަދި ވަނީ އިންތިހާބުގެ ކަންތައްތައް އަވަސްމިނެއްގައި ހައްލުކުރުމަށް ރާއްޖޭގެ އޮފިޝަލުންނާއި ސިޔާސީ ޕާޓީތަކުގައި ވެސް ފަރާތްތަކަށް ބާރުއަޅުއްވާފައިވާނެ ކަމަށެވެ.