25 Sep 2013, 12:01
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 4-1 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބާސާއިންނެވެ. އެލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި ބާސާއަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް ނޭމާ އެވެ. މިއީ ނޭމާ ބާސާއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
ބާސާގެ ދެ ވަނަ ލަނޑު މެޗުގެ އަށް ވަނަ މިނެޓިގައި ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލައިނަލް މެސީ އެވެ. އަދި ރޭގެ މެޗުގައި ބާސާގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ. ބާސާގެ ހަތަރު ވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު މާކް ބާޓްރާ އެވެ.
ރޭގެ މެޗުގައި ބާސާކޮޅަށް ރެއާލް ސޮސިއެޑާޑްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ ޑިފެންޑަރު އަލްބާޓޯ އެވެ.
ރޭގެ މެޗުން ބާސާ މޮޅުވުމުން ލީގްގައި އެޓީމް އޮތީ މިހާތަނަށް ކުޅުނު ހަމެޗުން ލިބުނު 18 ޕޮއިންޓާއެކު އެއް ވަނަ މަގާމްގަ އެވެ. ލީގުގެ ދެ ވަނަ މަގާމްގައި ހަމަ ބާސާ އާއި އެއްވަރަށް ޕޮއިންޓު ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ބާސާއަށް ލީގުގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ލީގުގެ ތިން ވަނަ މަގާމްގައި އޮތީ 13 ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ.
ރޭ ބާސާ އަތުން ބަލިވި ރެއާލް ސޮސައިޑާޑް ލީގުގައި އޮތީ ހަ ޕޮއިންޓާއެކު 10 ވަނަ މަގާމްގަ އެވެ.