24 Sep 2013, 16:58
ސްވިޑުން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހެރާލްޑް ސޭންޑްބާރގް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް މިއަދު އަރުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށް ފަހު، ސްވިޑުންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި އެވެ.
ރާއްޖެ އާއި ސްވިޑްންއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި އެގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުންނާއި، ހާއްސަކޮށް، ތިމާވެށީގެ ދާއިރާގައި މިގުޅުން އިތުރަށް ތަރައްގީ ކުރުމާގުޅޭ ގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ސްވިޑުންއާއި ރާއްޖެއާ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން، ސްވިޑުންގެ އާސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.