24 Sep 2013, 16:37
ކްރިމިނަލް ކޯޓުން ބަލަމުންދާ ތަފާތު ހަ މައްސަލައަކާ ގުޅިގެން ހަ މީހަކު ހޯދަން އެމީހުންގެ ފޮޓޯ އާއި މައުލުމާތު އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ސ. މަރަދޫފޭދޫ، ސަންލައިޓް، މުހައްމަދު މަފްތޫހް،39، އަކީ މަކަރާއިޚީލަތް ހެދުމުގެ ކުށުގެ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިކުރެވިފައިނުވާތީ ހޯދަމުން އަންނަ މީހެކެވެ. އަދި ގއ. ވިލިނގިލި، ކުދިރަތްމާގެ މުޙައްމަދު ޖާބިރު، 50، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ މައްސަލައަކަށް ކޯޓަށް ހާޒިރުކުރަން ޖެހޭ މީހެކެވެ.
މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް މ. މުލި، ބުލޫވެއިޓް އިބްރާހިމް ސަލީމް،39، ހޯދުމަށް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އޭނާގެ އިތުރުން ތ. ތިމަރަފުށި، ބިޖިލީގެ އިބްރާހިމް ސޮލާހް34، އަކީ ފޭރުމުގެ މައްސަލައަކާއި ގުޅިގެން ހޯދަމުން އަންނަ މީހެކެވެ.
އަދި ސ. މީދޫ، ސޮނީ އަހުމަދު މުފީދު، 45، އަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމާއި ބޭސްކުރުމުގެ ހުއްދަ ލިބިފައިވާ ޑޮކްޓަރެއްގެ ޕްރިސްކްރިޕްޝަނަށް މެނުވީ ބޭހުގެގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށް ޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކަށް ހާޒިރުކުރުމަށް ބޭނުންވާ މީހެކެވެ. އެ ފަސްމީހުންގެ އިތުރުން މ. ވައިޖެހޭ، ޢަލީ މުޙައްމަދު މަނިކު 40، ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރެވިފައިނުވާތީ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.