ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ކުރިން ނާއިބު ފެންވަރުގެ މަގާމެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެ މަގާމުގައި ހުންނެވީ އަބްދުއްރަޝީދު ނާފިޒު ކަމަށެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު ވަހީދު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި "ގައުމައިގެން ކުރިއަށް ކޯލިޝަނު"ގެ ސްޕޯކްސްޕާސަން އެވެ.