ރައްޔިތުންގެ މަޖިލީހުގެ ގޯތިތެރޭގައި އަލަށް އިމާރާތްކުރާ ބިލްޑިންގުގެ ތިން ވަނަ ބުރިން ބިދޭސީއަކު ވެއްޓިއްޖެ އެވެ.

މިއަދު ހެނދުނު 10:45 ހާއިރު ހިނގި އެ ހާދިސާގައި ވެއްޓުނު މީހާގެ އަގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވާތަން ފެނެ އެވެ. ތިން ވަނަ ބުރިން ވެއްޓި ޒަޚަމްވެފައި ވަނީ މެލޭޝިއާ މީހެކެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މަޖިލީހުގައި މަސައްކަތް ކުރާ މީހަކު ބުނީ އެ މީހާ ވެއްޓި ޖެހުނީ އެ އިމާރާތުގެ އެއްވަނަ ބުރީގައި ސޭފްޓީ އަށް ޖަހާފައި ހުރީ ޓިނުތަކުގެ މައްޗަށް ކަމަށެވެ.

ބިދޭސީ މީހާ ވެއްޓުނު އިމާރާތަކީ މަޖިލީހުގައި އަލަށް އިމާރަތް ކުރާ 13 ބުރީގެ ތަނެކެވެ.