23 Sep 2013, 23:50
ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގު، އިން ޓަޗްނެޓް ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސް އާ ޓަޗްނެޓް އިންޓަނެޓް ޕުރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ ފަހުން ގެނެވެނު ބަދަލުތަކާ އެކު ދިރާގުގެ ޓަޗްނެޓް ޕެކޭޖްތަކަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ޓަޗްނެޓް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 38 ޕަސެންޓް އެލަވަންސް ލިބޭއިރު ޓަޗްނެޓް ޕްރިޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓްގެ އެލަވަންސް ލިބޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ޓަޗްނެޓް ޕޯސްޓްޕެއިޑް ޕެކޭޖަށް އަލަށް ގެނައި ބަދަލުތަކާ އެކު 250ރ.ގެ ޕެކޭޖެއް ނެގުމުން ކުރިން ލިބުނު 2 ޖީބީގެ ބަދަލުގައި 2.5 ޖީބީ ލިބިގެންދެ އެވެ. އަދި ޕްރޮމޯޝަން ދުވަސްވަރު އިތުރު 512 އެމްބީ ލިބެ އެވެ. އަދި 449ރ. އަށް ކުރިން ލިބުނު 4 ޖީބީގެ ބަދަލުގައި މިހާރު 5.5 ޖީބީ ލިބޭއިރު ޕްރޮމޯޝަން ދުވަސްވަރު 1.1 ޖީބީ އިތުރަށް ލިބެ އެވެ. އަދި 690ރ. ހަރަދުކޮށްގެން މީގެ ކުރިން 7 ޖީބީ ލިބުނުއިރު މިހާރު 8 ޖީބީ ލިބެ އެވެ. އަދި ޕްރޮމޯޝަން ދުވަސްވަރު އިތުރަށް 1.6 ޖީބީ ލިބެ އެވެ. އަދި މިހާރު ވެސް 790ރ. އަށް އަންލިމިޓެޑް ޕެކޭޖް ލިބެ އެވެ.
ޓަޗްނެޓް ޕްރީޕެއިޑް ޕެކޭޖަށް އަލަށް ގެނެވުނު ބަދަލުތަކާ އެކު 200ރ. އަށް 1.6 ޖީބީ ލިބުނު ޕެކޭޖްއިން މިހާރު ދެ ޖީބީ ލިބެ އެވެ. އަދި ޕްރޮމޯޝަންގައި އިތުރަށް 500 އެމްބީ ލިބެ އެވެ. މީގެ ކުރިން 300ރ. އަށް ތިން ޖީބީ ލިބުނު އިރު ފަހުން ގެނެވުނު ބަދަލާ އެކު ހަތަރު ޖީބީލިބެ އެވެ. އަދި ޕްރޮމޯޝަން ދުވަސްވަރު 500 އެމްބީ ލިބެ އެވެ.
ޕްރޮމޯޝަން ދުވަސްވަރު އިތުރަށް ޑޭޓަ ލިބޭ އިރު ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.