އިމާދުއްދީން ސްކޫލް ކައިރީގައި އޮތް ކާރެއްގައި މިރޭ ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިރޭ ގާތްގަނޑަކަށް 23:30 ކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގިތާ ކުޑައިރިކޮޅެއްގެ ތެރޭގައި ސިފައިންގެ ފަޔާ ޓީމުން އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު ރޯވެފައިވާ ކާރު ވަނީ ނިއްވައިލަފަ އެވެ. އަދި ރޯވި ކާރަކީ ޓެކްސީ ކުރުމަށް ބޭނުންކުރަމުން ގެންދިޔަ ކާރެއް ނަމަވެސް އެ ކާރު އެތަނުގައި ބާއްވައިފައި އޮތީ ހަލާކުވެގެންނެވެ.

އެ ހާދިސާ ހިނގިއިރު އެ ޓެކްސީގައި ހަތަރު ފުރޮޅު ވެސް ނެތެވެ.

އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު ބުނީ މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.