ރާއްޖޭގައި ބޭނުން ކުރަމުން އަންނަ 100ރ. ސްޓޮކް މަދުވެފައިވާތީވެ އަލުން ޖަހައިގެން 100ރ. ގެ ގެނެސްފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ 100ރ. ނޫޓު މަދުވެފައިވާތީ އަލުން ޗާޕްކޮށްގެން މިއަދު ރާއްޖެ ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުން އެމްއެމްއޭ އިން އެންމެ ފަހުން 100ރ. ޖަހައިގެން ގެނެސްފައި ވަނީ 2005 ވަނަ އަހަރު އެވެ. އެއީ 2000 ވަނަ އަހަރުގެ ނޫޓެވެ.

އެމްއެމްއޭއިން 100ރ. ގެ އާ ނޫޓްތަކެއް ގެނެސްފައި ވަނީ ފައިސާގެ ސުޓޮކް މަދުވުމުން ކަމަށާއި އެއީ އިތުރަށް ފައިސާ ޖަހައިގެން ނެރުން ނޫން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެމްއެމްއޭއިން ދާދި ފަހުން ވަނީ ފަސް ރުފިޔާގެ ސުޓޮކް މަދުވުމުގެ ސަބަބުން ފަސް ރުފިޔާގެ އާ ސުޓޮކެއްވެސް ޗާޕްކޮށްގެން ގެނެސްފަ އެވެ.