ދ. މީދޫ ނަޔާމަންޒިލު އައިޝަތު މޫސާ (ފޮޓޯ) ނުކުޅެދުންތެރިކަން ހުރި މީހެއްގެ ގޮތުގައި ދުނިޔެ އުޅޭތާ މިހާރު 16 އަހަރު ވެއްޖެ އެވެ. އެހާލުގައި އެހާ ދުވަހު އުޅުމަށް ފަހު މިހާރު އައިޝަތު އޮތީ ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

އޭނާ އެތާ އޮތީ ހިތުގެ ބައިޕާސް އޮޕަރޭޝަނެއް ކުރުމަށް ފަހު، ފާރު ނުހިކޭތީ އެވެ. އެއީ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުމުގެ މައްސަލަ ހުންނާތީ ދިމާވި ގޮތެއް ކަމަށް އޭނާ އަށް ބޮޑުދައިތަ ކިޔާ މަދީހާ ބުންޏެވެ.

މަދީހާ ބުނީ ބޮޑު ދައިތަ އަށް ބޭސްކުރުމަށް އާސަންދައިން ލިބެން އޮތް ބައި ވެސް މިހާރު ހަމަވެފައިވާ ކަމަށެވެ. އަދި ހެޔޮ އެދޭ ފަރާތްތަކުން އެހީގެ ގޮތުގައި ދިން ފައިސާ ވެސް މިހާރު ހުސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބޮޑު ދައިތަ ބަލި އެނދުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުމަށް އެންމެންގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކަމަށެވެ.

"އަދި އެންމެ ފަރާތަކުން އެހީތެރިކަމެއް ދޭން ގުޅީ، އެންމެންގެ އެހީތެރިކަން ވެސް ބޭނުން" މަދީހާ ވިދާޅުވި އެވެ.

އައިޝަތު މޫސާ އަށް އެހީވުމަށް: 9993430
އެކައުންޓް ނަމްބަރު: 7723402087101