23 Sep 2013, 13:57
މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކަމަށް ތުހުމަތުކުރެވޭ ބަޔަކާ އެކު ރާއްޖެ އަށް ދެ ކިލޯ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ތިން މީހަކު ދިވެއްސަކާ އެކު އިންޑިއާ އިން މަސްތުވާތަކެއްޗާ އެކު އަތުލައިގެންފި އެވެ.
އިންޑިއާގެ ދިހިންދޫގެ މިއަދުގެ އަދަދުގައި ބުނެފައި ވަނީ މި ތިން މީހުން އަތުލައިގެންފައި ވަނީ އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އަށް ލިބުނު މައުލޫމާތަތަކާ ގުޅިގެން އިންޑިއާ، ޓެރެވިންޑްރަމް ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އަތުލައިގެން މަސްތުވާތަކެތި ހުރީ ޕޮލިތިން ކޮތަޅެއްގައި ބަންދުކޮށްފައި ކަމަށާއި އެތަކެތީގެ މަގުމަތީ އަގަކަށް 20 މިލިއަން ރުޕީސް އަށް އަރާ ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބުނެފައިވެ އެވެ.
މަސްތުވާތަކެތި އިންޑިއާގެ މީހުންގެ ދެ މީހުންގެ އަތުން ގަނެގެން ރާއްޖެ އަށް އެތެރެކުރުމަށް މަސައްކަތް ކުރަމުން ގެންދިޔައީ ދިވެއްސެއް ކަމަށާއި މަސްތުވާތަކެތި ވިޔަފާރީގެ މަސައްކަތްތައް އެމީހުން ކުރަމުން ގެންދަނީ އިންޑިއާގެ ޓޫޓުކޮރިގައި ކުރިއަށް ގެންދިޔަ ނަމަވެސް އާއްމު ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ކުރަނީ ޓްރެވިންޑްރަމްގައި ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.
އިންޑިއާއިން ހައްޔަރުކު އެގޭންގުގެ ނެޓްވޯކް އަކީ ރާއްޖޭގެ އިތުރުން އިންޑިއާ ސްރީލަންކާ އަދި ދެކުނު އިރުމަތީ އޭސިއާގައި ވެސް ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ގެންދާ ގޭންގްއެއް ކަމަށް ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވެ އެވެ.