23 Sep 2013, 13:36
ގއ. ވިލިނގިލީގައި ދެ ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ވިލިނގިލިން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ތިން މީހަކު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވިލިނގިލިން މައުލޫމާތު ދިން މީހަކު ބުނީ މިއަދު މެންދުރު 12:30 އެހާކަންހާއިރު އެ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހި ކަމަށާއި އެވަގުތު އެއް ސައިކަލުގެ ފަހަތުގައި އިނީ ސްކޫލް ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާގެ މޫނަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ. ވިލިނގިލިން ވާހަކަ ދެއްކި މިހާ އަދި ބުނީ އެ އެކްސިޑެންޓްގައި ޒަހަމްވި އަނެއް ދެ މީހުންގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް ޒަޚަމްތަކުގެ ތަފްސީލު އަދި ނުލިބެ އެވެ.