ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ ބޭބެ މުހައްމަދު ޝާހިދުގެ ކާރުގައި ހުޅުޖަގައި އެކާރަށް ރޭ ބަޔަކު ގެއްލުން ދީފި އެވެ.

ސަންއާ ވާހަކަފުޅު ދައްކަވަމުން މުހައްމަދު ޝާހިދު ވިދާޅުވީ ކާރުގައި ރޯވެފައި ހުއްޓައި ފެނުނީ ރޭ މެންދަމުން އަލިވެ ތިނެއް ޖަހާ އެހާކަށް ހާއިރު ކަމަށެވެ. އަދި އަވަށްޓެރިންނާއި ގޭގެ މީހުން ކުރި މަސައްކަތުން އަލިފާން ގަނޑު ނިއްވާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެރަ މިސްކިތުން ފެން ގެނެސްގެން ނިއްވާލީ، ފުލުހުންނަށް ގުޅޭތޯ މަސައްކަތް ކުރިން، އެހެން ނަމަވެސް ފުލުހުންނަށް އާދެވުނީ ތަންކޮޅެއް ފަހުން،" އޭނާ ވިދާޅުވި އެވެ.
ޝާހިދު ދިރިއުޅުއްވާ ގޭގެ ގަރާޖުގައި އޮތް ކާރުގައި ރޯކޮށްލި އިރު އެކާރުގައި ކަވަރެއް ލައްވާފައި އޮތް ކަމަށް މުހައްމަދު ޝާހިދު ވިދާޅުވި އެވެ. އެހެންވެ އަލިފާނުގެ ސަބަބުން ކާރަށް ލިބުނު ގެއްލުން ކުޑަ އެވެ.

"ކަވަރު ލައްވާފައި އޮތީ، އެހެންވެ ކަމަށް ގަބޫލުކުރެވެނީ ލިބުނު ގެއްލުން ކުޑައީ." އޭނާ ވިދާޅުވި އެވެ.