Last Updated:
1 decade 2 year ago

އަބްދުއްރަހީމަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ

    ބުލޮގު ޚުލާސާ
    ދައުރުން ބޭއްރުން ބާއްވާ މަޖިލީހުގެ ހާއްސަ ޖަލްސާ މިއަދު ކުރިއަށް ނުގެންދެވިގެން މެދުކަނޑާލުމަށްފަހު، މިރޭ ފަށަން އުޅުމުން އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާ ހުއްޓުވުމަށް އެމްޑީޕީއާ ދެކޮޅު މެންބަރުން މަސައްކަތް ފަށައިފި އެވެ.

    މަޖިލީހު ޖަލްސާގައި ޕީޕީއެމާއި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހަމަނުޖެހުން ހިނގާފަ އެވެ.

    01:03

    މަޖިލީސް ޗުއްޓީގައި ވަނިކޮށް މިއަދު ކުރިއަށް ގެންދަން އުޅުނު ހާއްސަ ޖަލްސާ، މިރޭ ވެސް ކުރިއަށް ގެންދަން އުޅުމުން މެންބަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ، ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއަށް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.

    މިރޭ ބާއްވަން މަސައްކަތް ކުރި މަޖިލީހުގެ ހާއްސަ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދުގެ އަތް ޒަހަމްވެފައިވެ އެވެ. ހަމަނުޖެހުން ބޮޑުވުން މިއަދު ނުބޭއްވުނު ހާއްސަ ޖަލްސާ މާދަމާ ހެނދުނު 10:00 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

    މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން މިއަދު ހެނދުނު ވެސް ބާއްވަން މަސައްކަތް ކުރެއްވި ޖަލްސާ ވެސް ފަސްކޮށްފައި ވަނީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ. ޖަލްސާ މިރޭ ބޭއްވީ މިއަދު ހެނދުނު ބާއްވަން މަސައްކަތް ކުރި ޖަލްސާ ގައި ބައެއް މެންބަރުން މަޖިލީހުގެ ތަކެއްޗަށް ގެއްލުންދީ އޭރު އެތަކެތި މަރާމާތު ނުކޮށް ޖަލްސާ ކުރިއަށް ގެންދެވެން ނެތިގެނެވެ.

    މަޖިލީހުގެ ހާއްސަ ޖަލްސާ މިރޭ ފެށުމާއެކު ޕީޕީއެމްގެ މެންބަރުން އިސްވެތިބެ، ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ބައެއް މިނިވަން މެންބަރުން ވަނީ އިދާރީ މޭޒު ކައިރިއަށް އެއްވެ، އަޑުގަދަކޮށްފަ އެވެ. ވައިކަރަދޫ ދާއިރާގެ މަންބަރު އަލީ އާރިފް ވަނީ ޖަލްސާއަށް ހުރަސް އެޅުއްވުމަށް ކަށިގަނޑު ފުމެފަ އެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ވޫޒެލާ އެއް ބޭނުން ކުރައްވައިގެން އަޑުގަދަ ކުރައްވާފަ އެވެ.

    މަޖިލީހުގެ ޖަލްސާ އަށް ހުރަސް އެޅުއްވުމުގެ ގޮތުން ޖުމްހޫރީ ޕާޓީގެ މެންބަރު ފޮވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގް މުފީދާއި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އަބްދުﷲ އަބްދުއްރަހީމް އާއި އަދި ވެސް ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ މެންބަރުން ވަނީ އިދާރީ މޭޒް ކައިރީ އަޑުގަދަ ކުރައްވާފަ އެވެ.

    މިރޭގެ ޖަލްސާގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީގެ މެންބަރުން ވަނީ އެ ދެ ބޭފުޅުންނަށް ހުރަސް އަޅުއްވާފަ އެވެ.

    މަޖިލީހުގެ ތަޅުން ހޫނުވެގެން ދިޔަ ވަގުތު އިދާރީ މޭޒުމަތީގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމަށް ހުންނަވަނިކޮށް ކޮއްޕައި ވައްޓާލުމުން އޭނާއަށް އަނިޔާތަކެއް ލިބުނެވެ. އިދާރީ މޭޒުމަތީގައި އޭނާ ހުންނަވަނިކޮށް، އޭނާ ކޮއްޕައި ވައްޓާލީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. މީގެ އިތުރުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލާފައި ވަނިކޮށް ހިނގާދިޔަ ހަމނުޖެހުން ތަކުގައި އަބްދުއްރަހީމަށް ޒަހަމް ތަކެއް ލިބިވަޑައި ގަތުމުން ވަނީ ފަރުވާ ހޯދުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީގު ވެސް ވަނީ ލިބިވަޑައިގެންނެވި ޒަހަމް ތަކަށް އޭޑީކޭއިން ފަރުވާ ހޯއްދަވާފަ އެވެ.

    އަބްދުއްރަހީމަށް ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅިގެން، މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އަބްދުއްރަހީމްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާގެ މެޔަށާއި ހަށިގަނޑުގެ އެކިތަންތަނަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެ ހަމަލާއަކީ އަބްދުއްރަހީމުގެ ފުރާނައަށް ދިން ހަމަލާއެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

    މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ އުސޫލުތައް މުގުރާލައި ޑިމޮކްރަސީއާ ދުރަށް މިސްރާބު ޖަހާފައިވާ ކަމަށް ފެންނާތީ ގާނޫނު އަސާސީ މެދުވެރިކޮށް ދައުލަތުގެ މުއައްސަސާތަށް ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ 29 މެންބަރަކު މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުއްވުމުންނެވެ.

    22:43

    އިދާރީ މޭޒުމަތީގައި އަބްދުއްރަހީމަށް ހުންނަވަނިކޮށް ކޮއްޕައި ވައްޓާލުމުން އޭނާއަށް އަނިޔާތަކެއް ލިބުނު. އިދާރީ މޭޒުމަތީގައި އޭނާ ހުންނަވަނިކޮށް، އޭނާ ކޮއްޕައި ވައްޓާލީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް.
    22:26އޭޑީކޭ ހޮސްޕިޓަލުން

    ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމެޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފި. އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބޭ.
    22:14

    ފުވައްމުލަކު މެދު ދާއިރާގެ މެންބަރުގެ ޝިފާގު މުފީދު (ހިސްޓޯ)ގެ އަތް ޒަހަމްވެއްޖެ. މިއަދު ކުރިއަށް ނުގެންދެވުނު މަޖިލީހުގެ ހާއްސަ ޖަލްސާ މާދަމާ ބާއްވާ ގޮތަށް ނިންމައިފި. ޖަލްސާ މާދަމާ ފަށާނީ ހެނދުނު 10:00 ޖަހާއިރު.
    މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

    ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހުގެ އިދާރީ މޭޒު މައްޗަށް އަރާ ހުންނަވައިނިކޮށް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ވަނީ އޭނާގެ އެތަނުން ދުރަށްލާފަ އެވެ. އިދާރީ މޭޒުމައްޗަށް އަބްދުއްރަހީމް އަރައި ހުންނަވަނިކޮށް، މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ އޭނާގެ އެތަނުން ކޮއްޕާލާފަ އެވެ. އަބްދުއްރަހީމް ބިންމައްޗަށް ވެއްޓުމުގެ ކުރިން ޕީޕީއެމްގެ މެންބަރުން ވަނީ އޭނާ ހިފަހައްޓާފަ އެވެ.

    އެކަމާ ގުޅިގެން އަބްދުއްރަހީމާއި އަލީ ވަހީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރި އެވެ.

    މަޖިލިސް ހުއްޓުވުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވަނީ ދުންމާރިއެއް މަޖިލީހުގެ ތަޅުމަށް ވައްދާފަ އެވެ. ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ދަނިކޮށް، މައިކުގައި ދުންމާރި ޖައްސައި އަޑުގަދަ ކުރަން ފެށި ހިސާބުން އެ ދެމެންބަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގި އެވެ. ނަމަވެސް އެހެން މެންބަރުން ވަނީ އެ ދެ މެންބަރުން ދުރަށްލާފަ އެވެ.

    އިލްހާމް ގެންގުޅު ދުންމާރީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެންބަރު ކުބޭ ވަނީ އޭނާގެ އަތުން އަތުލާފަ އެވެ. މަޖިލީހުގެ ޖަލްސާ ހުއްޓާލީ މެންބަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެގެންނެވެ.

    މަޖިލީހުގެ މިރޭގެ ޖަލްސާ އަޑުއެހުމަށް ދިޔަ ނޫސްވެރިންނާއި އާންމުން ވެސް މަޖިލީހުގެ އަޑުއަހާ މާލަމަކަށް ނުވައްދަ އެވެ.

    "އަޅުގަނޑު މަޖިލިސް ކުރިއަށް މިގެންދަނީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން. ހުރިހާ މެންބަރުން ވެސް ކެތްތެރިވެ ވަޑައިގަންނަވާ. މި ޖަލްސާއެއް އަދި ނުނިމޭ،