22 Sep 2013, 14:24
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 275 މީހުނަށް އަލަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ވިދާޅުވީ ދެ ވަނަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 239868 މީހުން އެބަތިބި ކަމަށެވެ. މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 239،593 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި 10000 އަށް ވުރެ ގިނަ މީހުން ވަނީ ރީ ރަޖިސްޓްރީ ކުރުމަށް މާލޭގެ މައި އިދާރާ އަށް ފޯމް ހުށަހަޅައިފަ އެވެ.