21 Sep 2013, 19:02
އިންޑޮނީޝިޔާގެ ސައުތު ސުމަޓްރާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިސްލާމިކް ސޮލިޑިއަރިޓީ ގޭމްސްގައި ރާއްޖެއިން ބައިވެރި ވެއްޖެ އެވެ.
މާދަމާއިން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި ރާއްޖެއިން ބައިވެރިވެފައި ވަނީ ތިން ކުޅިވަރަކުން ފަސް އެތުލީޓެކެވެ.
މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައިވާ ކުޅިވަރު ތަކަކީ ސްވިމިން އާއި ބެޑްމިންޓަން އަދި އެތުލެޓިކްސްއެވެ.
މުބާރާތުގައި ވާދަކުރުމަށް އިންޑޮނީޝިއާއަށް ފުރި ފަސް އެތުލީޓުންނާއެކު ދެ އޮފިސަލުން ވެސް ވަނީ ގޮސްފައެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، އިސްލާމިކް ސޮލިޑިއަރިޓީ ގޭމްސްގައި އެ އެސޯސިއޭޝަންގެ ފަރާތުން ވާދަކުރަނީ ހަސަން އަޝްރަފެވެ. އޭނާ މުބާރާތުގައި ވާދަކުރާނީ 50 މީޓަރު ފްރީސްޓައިލް އާއި 50 މީޓަރު ބްރޭސްޓްސްޓުރޯކް އަދި 100 މީޓަރު ބްރޭސްޓްސްޓުރޯކް ގައެވެ.