ކުވޭތުގައި ކުރިއަށްދާ އޭއެފްސީ 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކުގެ މެޗު ކޮމިޝަނަރަކަށް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް ހަމަޖައްސައިފި އެވެ.

އޭއެފްސީން ޝާހް ހަމަޖައްސާފައި ވަނީ، އެ މުބާރާތުގެ ގްރޫޕް އޭގެ މެޗް ކޮމިޝަނަރަކަށެވެ. އެގްރޫޕްގައި ހިމެނޭ ޓީމްތަކަކަކީ އިންޑިޔާ އާއި ކުވޭތު އާއި ތަޖިކިސްތާން އާއި ލުބުނާން އަދި ބޫޓާނެވެ. އެ ގްރޫޕްގެ މެޗްތައް ކުރިއަށް ދަނީ މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.


ކުރީގެ ގައުމީ ކެޕްޓަން އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވެލެންސިއާ އަށް ކުޅުނު ޝާހު މިހާޜު މަސައްކަތް ކުރަމުން އަންނަނީ ޔޫތު މިނިސްޓްރީގެ އެޑްވައިޒަރަކަށެވެ. އޭނާ ކުރިން އަދާ ކުރައްވަމުން ގެންދެވި އެފްއޭއެމްގެ ޖެނަރަލް ސެކަރެޓަރީގެ މަގާމު ގެއްލުނީ އެފްއޭއެމަށް ރައީސް ކަމަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމް އިންތިހާބު ކުރުމާ ގުޅިގެންނެވެ.