21 Sep 2013, 12:27
އިންޑޮނީޝިޔާގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އެރިކް ތޯހިރަށް އިޓަލީގެ އިންޓަމިލާން ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިންޓަމިލާންގެ ރައީސް އާއި އިންޑޮނީޝިޔާގެ މަސްހޫރު ވިޔަފާރިވެރިޔާ ވަނީ ދާދިފައުން ޕެރިހުގައި ބައްދަލުވުންތަކެއް ބާއްވާފަ އެވެ. އެގޮތުން އެބައްދަލުވުންތަކުގައި އިންޓަމިލާން ގަތުމަށް އިންޑޮނީޝިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ ތޯހިރު، މިލާންގެ ރައީސް އަށް ހުށަހެޅި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިންޓަ މިލާން ގަތުމަށް އިންޑޮނީޝިޔާގެ މަޝްހޫރު ވިޔަފާރިވެރިޔާ ހުށަހަޅާފައިވާ އަގަކީ 300 މިލިއަން ފައުންޑު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ ސީޒަނުގެ ނުވަ ވަނައިގައި އޮވެ އިންޓަ އިން ސީޒަން ނިންމާލި ހިސާބުން ފެށިގެން ތޯހިރު އަންނަނީ އެ ކްލަބް ގަތުމަށް މަސައްކަތްކުރަމުންނެވެ. އަދި އޭނާ އިންޓަ ގަތުމަށް މަސައްކަތް ކުރަމުން އަންނަ އިރު އެކުލަބުގެ ދަރަނީގެ ގޮތުގައި 250 މިލިއަން ޑޮލަރު އޮތް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އިންޓަ މިލާންގަތުމަށް ތޯރިހު ނިންމާފައިވާ އިރު، އޭނާ އަށް އެކުލަބުން އަދި ގަންނަން ލިބިފައި ވަނީ ކުލަބުގެ 70 ޕަސަންޓެވެ.
ބައެއް މީޑިއާތަކުގައި ވަހަކަ ދައްކަމުން ތޯރިހު ބުނީ، އިންޓަ މިލާން ގަތުމަށް ވަރަށް ބޭނުން ވާކަމަށައި އެކުލަބަކީ އޭނާ ވަރަށް ލޯބިކުރާ ކުލަބެއް ކަމަށެވެ. އަދި ކުލަބް ގަތުމުގެ މަޝްވަރާތައް ކުރެވިއްޖެ ކަމަށާއި އެ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް ވެސް ތޯހިރު ބުންޏެވެ.