ލ. ގަމު ގޮނޑުދޮށުން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަމު މަތިމަރަދޫ އިރުމަތީފަރާތު ގޮނޑުދޮށުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު 6:15 އެހާކަންހާއިރު ފެނިފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފިރިހެނަކާ ވައްތަރު އެ މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފަ އެވެ.

އަދި އެ މީހާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ނެތް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބޭރު މީހެއް ކަމެއް ވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ކުނިވެފައި އޮއްވައި ފެނުނުމީހާގެ ހަށިގަނޑު މިހާރު ވަނީ ވަލުލާފަ އެވެ.