ހަމަޖެހިފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާނެ ކަމަށް އުއްމީދުކުރާ ކަމަށް ޔޫރަޕިއަން ޔޫނިއަން( އީޔޫ) އިން ބުނެފި އެވެ.

އީޔޫއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުވާނެ ކަމަށް ވެސް އުއްމީދުކުރާ ކަމަށެވެ. ބަޔާނުގައި އަދި ބުނެފައި ވަނީ އިންތިހާބުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އުއްމީދުތަކަށް އިހުތިރާމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ޕްރޮސެސް އަށް ހުރިހާ ފަރާތަކުން ވެސް އިހުތިރާމް ކުރުމަށް އީޔޫގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"އިންތިހާބުގެ ފުރަތަމަ ބުރު ނިމުނީ އިތުބާރު ކުރެވޭ އިންތިހާބެއްގެ ގޮތުގައިކަން ބައިނަލް އަގުވާމީ މުޖުތަމައުން ބަލައިގެންފައިވާކަން އީޔޫއިން ހަނދާން ކުރަމެވެ. އަދި އިންތިހާބުވެ ތިހާބުގެ ނަތީޖާއިން ފެންނަނީ ރާއްޖޭގެ ރައްޔިތުން އެދޭ ގޮތް ކަމަށް ދެކެމެވެ. އިލެކްޓޯރަލް ޕްރޮސެސް އަށް ހުރިހާ ޕާޓީއަކުން ވެސް އިހުތިރާމް ކުރުމަށް އީޔޫ އިން ހިތްވަރު ދެމެވެ،" ބަޔާނުގައިވެ އެވެ.

އީޔޫގެ ބަޔާން މިގޮތަށް އައިސްފައި މިވަނީ އިންތިހާބުގައި އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް، ޖުމްހޫރީ ޕާޓީން އެމައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައި ވަނިކޮށެވެ.