19 Sep 2013, 14:06
އީ - ލާނިންގް ބޭނުންކޮށްގެން ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތު ވިލުފުށީ ސްކޫލުން މިއަދު ތައާރަފްކޮށްފި އެވެ.
އީ - ލާނިންގް ބޭނުންކޮށްގެން ދަރިވަރުންނަށް އުގަންނައި ދިނުމުގެ މައިގަނޑު މަގްސަދަކީ ދަރަވަރުންނަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފޭ ފަދަ ނިޒާމެއް ގާއިމުކުރުން ކަމަށް އެ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އަދި އެފަދަ ނިޒާމެއް ގާއިމުކުރުމުން ދަރިވަރުންނަށް އޯލެވެލް އާއި އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ބާރު އެޅިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ސްކޫލުން ބުނެފައި ވަނީ މިހާރު ވެސް އެ ސްކޫލްގެ ހުރިހާ ކްލާސް ރޫމަކީ ޑިޖިޓަލައިޒްޑް ކުރެވިގެން ކިޔަވައިދެމުންދާ ސްކޫލެއް ކަމަށާއި އިތުރު އެއްފިޔަވަޅު ކުރިއަށް އެޅުމުން ބާރު ދުވެއްޔެއްގައި ކުރިއަރަމުން މިދާ ތައުލީމީ ނިޒާމުގައި ފައިތިލަ ސާބިތުކޮށް ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދައި ދެވޭނެ ކަމަށެވެ.
"މި ސްކޫލަކީ މިހާރު ވެސް ހުރިހާ ކްލާސްރޫމެއް ޑިޖިޓަލައިޒްޑް ކުރެވިގެން ކިޔަވާދެމުންދާ ސްކޫލަކަށް ވުމާއެކު އަނެއްކާ ވެސް އެއްފިޔަވަޅު ކުރިއަށް އެޅުމަކީ ބާރުދުވެއްޔެއްގައި ކުރިއަރަމުން މިދާ ތައުލީމީ ނިޒާމުގައި ފައިތިލަ ސާބިތުކޮށް ދަރިވަރުންނަށް ފަހި ފުރުސަތުތައް ހޯދުން،" ވިލުފުށީ ސްކޫލުން ބެފައިވެ އެވެ.
އީ ލާނިންގް ބެނުންކޮށްގެން ނަގައިދިން ފުރަތަމަ ފިލާވަޅަށް ފަހު އެ ސްކޫލްގެ ގްރޭޑް 11ގައި ކިޔަވަމުން އަންނަ ދަރިވަރަކު ބުނީ އީ ލާނިންގްއަކީ ނަތީޖާ ރަނގަޅު ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އީ ލާނިންގްގެ ސަބަބުން މައުލޫމާތު މުއްސަދިވާނެ ކަމަށެވެ.