18 Sep 2013, 22:46
ޑާކާ (ސެޕްޓެމްބަރު 18): ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ ކަމަށްވާ "ޖަމާއަތޭ އިސްލާމް"ގެ ލީޑަރެއް ކަމަށްވާ ޢަބްދުލްޤާދިރު މުއްލާ އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް އެ ގައުމުގެ ހައިކޯޓުން މަރުގެ ޙުކުމަކަށް ބަދަލުކުރުމާ ގުޅިގެން އެ ޖަމާއަތުގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޖަމާއަތޭ އިސްލާމް"ގެ ސަޕޯޓަރުން ނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގަންފެށީ އެމީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުންނެވެ. ބާރުގެ ބޭނުންކުރަން ޖެހުނީ "ޖަމާއަތޭ އިސްލާމް"ގެ ސަޕޯޓަރުން ތަންތަނަށް ގެއްލުންދީ ފުލުހުންނާ ދިމާއަށް ތަކެތި އުކައި އަލިފާންޖެހުން ފަދަ ކަންތައްތައް ކުރަމުންގެންދާތީ އެމީހުން މައިތިރި ކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް "ޖަމާއަތޭ އިސްލާމް"ގެ މަސްއޫލުވެރިއަކު ވަނީ އެއްވެސް ސަބަބަކާނުލައި ފުލުހުން ރަބަރު ވަޒަނާއި ކަރުނަ ގޭސް، މުޒާހަރާކުރި މީހުންނާ ދެކޮޅަށް ބޭނުންކޮށް ދެމީހަކު މަރާލައި އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށްލި ކަމަށް ތުހުމަތުކޮށްފަ އެވެ.
މިއަދުގެ ކުރިމަތިލުންތައް އެންމެ ވަރުގަދައަށް ހިނގާފައިވަނީ ބަންގްލަދޭޝްގެ ދެކުނުގެ ބައެއް ސަރަހައްދުތަކުގަ އެވެ. މިކުރިމަތިލުންތަކުގައި ދެ މީހަކު މަރުވިކަމުގެ ޚަބަރު ލިބިފައިވީ ނަމަވެސް ފުލުހުން ބުނާގޮތުން މަރުވެފައި ވަނީ އެންމެ މީހެކެވެ. މިއިހްތިޖާޖްތަކާ ގުޅިގެން ވެރިރަށް ޑާކާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ފިހާރަތަކާއި ސްކޫލްތަކާއި ބައެއް އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.
ޢަބްދުލްޤާދިރުމުއްލާގެ މައްޗަށް ކޮށްފައިވާ އުމުރަށްޖަލަށްލުމުގެ ހުކުމް މަރުގެ އަދަބުގެ ހުކުމަކަށް ހައިކޯޓުން ބަދަލުކުރުމާ ގުޅިގެން އެ ޕާޓީން ވަނީ ބަންގްލަދޭޝްގެ އެކިކަންކޮޅުތަކުގައި މުޒާހަރާކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. އުމުރުން 65 އަހަރުގެ ޢަބްދުލްޤާދިރު މުއްލާ އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައި ވަނީ، 1971 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ގައުމީ ހަނގުރާމާގައި، މިނިވަން ކަމަށް މަސައްކަތް ކުރި ފަރާތްތައް މެރުން ފަދަ ޖަރީމާތައް ޕާކިސްތާން ސިފައިންނާ ގުޅިގެން އޭނާ ހިންގާފައިވާކަން ސާބިތުވެގެން ކަމަށް ނިންމައި މިދިޔަ ޖުލައިމަހުގަ އެވެ.
ޢަބްދުލްޤާދިރުގެ އިތުރުން ޖަމާޢަތޭ އިސްލާމްގެ އެންމެ އިސްލީޑަރު ކަމަށް ވާރޫޙީ ލީޑަރު ގުލާމްޢަޒަމްގެ މައްޗަށް ވެސް ވަނީ 90 އަހަރަށް ޖަލަށް ލުމުގެ ހުކުމެއް އިއްވާފަ އެވެ.
ހަމައެފަދައިން ޖަމާއަތޭ އިސްލާމްގެ ސެކްރެޓަރީ ޖެނެރަލް ޢަލީއަޙްސަންމުޙައްމަދުމުޖާހިދުގެ މައްޗަށް ވެސް ވަނީ ހަމަމިމައްސަލާގައި މިދިޔަ ޖުލައި މަހުމަރުގެ ހުކުމްއިއްވާފަ އެވެ. މިހުކުމްތައް އިއްވާފައި ވަނީ ބަންގްލަދޭޝް ސަރުކާރުންއުފައްދާފައިވާ ޚާއްސަ ކޯޓެއް ކަމަށްވާ "އިންޓަރނޭޝަނަލްޓްރިބިއުނަލްފޯރވާކްރައިމްސް" އިންނެވެ. މިއީ ސިޔާސީ ކޯޓެއްގެ ގޮތުގައި ބަންގްލަދޭޝްގެ އިދިކޮޅު ބައެއްފަރާތްތަކުން ސިފަކުރާ ކޯޓެކެވެ. ހައިކޯޓުގެ ޙުކުމްގައި ބުނެފައި ވަނީ ޢަބްދުލްޤާދިރުގެ މައްޗަށް ޚާއްސަ ކޯޓުން އިއްވާފައި ވަނީ ލުއި ހުކުމެއް ކަމަށާ މިހުކުމަށް ބަދަލުގެނެވޭ ފަދަ ހެކިތައް ހުރިކަމުން މަރުގެ ހުކުމަކަށް ބަދަލުކުރީ ކަމުގަ އެވެ.
1971 ވަނަ އަހަރު ބަންގްލަދޭޝްގެ ރައްޔިތުން ޕާކިސްތާނާ ދެކޮޅަށް ކުރި މިނިވަންކަމުގެ ހަނގުރާމާގައި ޕާކިސްތާން ސިފައިންވަނީ ބަންގްލަދޭޝްގެ އެތައްލައްކައަންހެނުންނެއްރޭޕްކޮށް މިލިޔަނަކަށް ވުރެ ގިނަ މީހުން މަރައިބަންގްލަދޭޝަށް ބޮޑެތިގެއްލުންތަކެއްދީފަ އެވެ.
ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގެ ދުވަސްވަރު ޕާކިސްތާނަށް ތާއީދުކުރި ފަރާތްތައް ބަންގްލަދޭޝްގައި ސިފަކުރެވެނީ ޚާއިނުންގެ ގޮތުގަ އެވެ. (ރޮއިޓާސް)