18 Sep 2013, 13:03
މާލޭ އުތުރު ހާބަރު ސަރަހައްދުގައި ހުރި ފިހާރަތަކެއް ރޭ ފަޅާލައިފި އެވެ.
ފުލުހުން ބުނީ ތިން ފިހާރައަކުން ވައްކަން ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.
އުތުރު ހާބަރު ސަރަހައްދުގައި ތިބި ބައެއް މީހުން ބުނީ ރޭގެ ވަގުތެއްގައި ފުރާޅު ހަލާކުކޮށްލައިގެން ވަދެ ވައްކަން ކޮށްފައި ވަނީ ގްލޯބަލް ލިންކް ޓްރޭޑާސް އާއި އެމްއެޗްއާރު ޓްރޭޑިން އާއި ބ. އަތޮޅު ފިހާރައާއި ރ. އަތޮޅު ފިހާރަ ކަމަށެވެ. އިންވެގެން ކަހަލަ ގޮތަކަށް ހުރި އެ ހުރިހާ ފިހާރަތަކަކުން ވެސް ވައްކަން ކޮށްފައި ވަނީ ސީލިންގް ހަލާކުކޮށްލައިގެން ވަދެ ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުންޏެވެ. ކޮންމެ ފިހާރައެއް ވެސް ހުރީ ދެބުރިއަށްވާ ގޮތަށް ހަދާފަ އެވެ.
ތަފާތު އެކި ބާވްތަކުގެ ކާއެއްޗެއްސާއި ހޯލް ސޭލުކޮށް މުދާ ވިއްކާ އެ ފިހާރަތަކުން ވަގަށް ނަގާފައި ވަނީ ކޮން އެއްޗިއްސެއް ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.