ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީން ވާދަކުރާނެ ކަމަށް ބެލެވޭ ކެންޑިޑޭޓުންގެ ނަންތައް ރޭ އިއްލާން ކޮށްފި އެވެ.


އިއްޔެ ހަވީރު 4:00 ން ރޭގަނޑު 10:00 އަށް މާލޭގެ އެގާރަ ދާއިރާގެ ތެރެއިން ހަތް ދާއިރާގައި ބޭއްވި މި ޕްރައިމަރީގައި،މައްޗަންގޮޅި ދެކުނު ދާއިރާ އިން، މާލޭ މުނިސިޕަލްޓީގެ ރައީސްސަރަނގު އާދަމް މަނިކާއި ހުޅުހެންވޭރު ދާއިރާ އިން، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި އެމްޑީޕީ ހަރުގެ ކޮމިޓީގެ މެމްބަރު (މައިޒާން) އަލި މަނިކު ވަނީ ކުރި ހޯއްދަވައިފަ އެވެ. އަދިހެންވޭރު މެދު ދާއިރާ އިންފިލްމީތަރި،ލުފްޝާން ޝަކީބް (ލޫއްޕެ)،ހެންވޭރު ދެކުނު ދާއިރާ އިން ހ. ރުކުމާގެ މުޙައްމަދު ޢަބްދުލްކަރީމް، ވަނީ ކުރި ހޯއްދަވައިފަ އެވެ. މީގެ އިތުރުންގަލޮޅު އުތުރު ދާއިރާއިން، ގ. ވަޑިނޮޅިގެ މުޙައްމަދު އަފްރާޙް ޚަލީލް ކުރި ހޯއްދަވާފައިވާ އިރު،މާފަންނު ދެކުނު ދާއިރާ އިންމ. މާފަރުގެ މުޙައްމަދު އައިމަން އިސްމާޢީލާއިވިލިމާފަންނު ދާއިރާ އިންމ. ބާރަނާގެއާގެ އަރްޙަމް ޙުސައިން ވަނީ ކުރި ހޯދައްވައިފަ އެވެ.


މައްޗަންގޮޅި ދެކުނު ދާއިރާ އިން ސަރަނގު އާދަމް މަނިކަށް 160 ވޯޓު ލިބިފައިވާ އިރު އޭނާއާ ވާދަކުރި މއ. މާފޮޅޭގެ މުޙައްމަދު ފާރުޤަށް ލިބިފައި ވަނީ 80 ވޯޓެވެ. އަދިހުޅުހެންވޭރު ދާއިރާ އިންއަލިމަނިކަށް72  ވޯޓު ލިބިފައިވާ އިރު އޭނާއާ ވާދަކުރި ހ. ސަމަރގްރީން އާދަމް ޝަރީފަށް ލިބުނީ 56 ވޯޓެވެ. އަދިހެންވޭރު މެދު ދާއިރާ އިންލުފްޝާނަށް 106 ވޯޓު ލިބިފައިވާ އިރު، އޭނާއާ ވާދަކުރި ކުރީގެ ލަވަކިއުންތެރިޔާ ހ. ހާޖަރާގެ އާސިމް ތައުފީގަށް ލިބުނީ 42 ވޯޓެވެ. އޭގެ އިތުރުންހެންވޭރު ދެކުނު ދާއިރާގެ އިންހ. ރުކުމާގެ މުޙައްމަދު ޢަބްދުލްކަރީމަށް 142 ވޯޓު ލިބިފައިވާ އިރު، އޭނާއާ ވާދަކުރި ދެ ކެނޑިޑޭޓުންގެ ތެރެއިން ހ. ހެދޭތުނޑި ޝައިން ޝަފީޤަށް ލިބިފައި ވަނީ 61 ވޯޓެވެ. އަދި ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އަދި އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް ހަމީދު ޢަބްދުލްޣަފޫރު (އައްޑޯ)އަށް ލިބިފައި ވަނީ 48 ވޯޓެވެ. އަދިގަލޮޅު އުތުރު ދާއިރާ އިންމުޙައްމަދު އަފްރާޙަށް 126 ވޯޓުލިބިފައިވާ އިރު އޭނާއާ ވާދަކުރި، ގ. ދުވެލި ޢަބްދުﷲ ސަލީމަށް ލިބިފައި ވަނީ 56 ވޯޓެވެ.މާފަންނު ދެކުނު ދާއިރާއިން މ. މާފަރުގެ މުޙައްމަދު އައިމަން އިސްމާޢީލަށް 103 ވޯޓުލިބިފައިވާ އިރު، މ. ކަރޭޖް ޝިޔާމާ އަޙްމަދަށް ލިބިފައި ވަނީ 50 ވޯޓެވެ. އަދި މ. މެދުރިޔާ އަޙްމަދު ރިޝްވާނަށް ލިބިފައި ވަނީ 95 ވޯޓެވެ.އަދި ވިލިމާފަންނު ދާއިރާ އިންމ. ބާރަނާގެއާގެ އަރްޙަމް ޙުސައިނަށް 120 ވޯޓު ލިބިފައިވާ އިރު، މ. ގެދަ މުޙައްމަދު ރިޟްވާނަށް ލިބިފައި ވަނީ 75 ވޯޓެވެ.


ހަތް ދާއިރާއެއްގައި އިއްޔެ ޕްރައިމަރީ ބާއްވާފައި ވާއިރު، އެއްވެސް ވާދަ ކުރުމަކާ ނުލައި، ހަތަރު ދާއިރާއަކުން މާލޭ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާނެ ހަތަރު ކެނޑިޑޭޓުންގެ ނަން މީގެ ކުރިން އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ. އެ ހަތަރު ކެނޑިޑޭޓުންނބަކީ، ގަލޮޅު ދެކުނު ދާއިރާ އިން ގ. ކިޔަވާގެ، ޢަބްދުﷲ ޝަފީއު، އާއި މައްޗަންގޮޅީ އުތުރު ދާއިރާއިން، މއ. ޖަނބުގަސްދޮށުގެ، ހަސަން އަފީފް (ޖަންބު ހަސަން) އާއި މާފަންނު އުތުރު ދާއިރާ އިން، މ. ސިސްކިންގ އަހުމަދު ސަމާހު ރަޝީދުގެ އިތުރުން މާފަންނު ހުޅަނގު ދާއިރާ އިން މ. ކުޑަވެޔޮމަތީގޭ މުޙައްމަދު ފަލާޙް ކަމަށެވެ.


އެމްޑީޕީގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ، އެ ކެންޑިޑޭޓުންނަށް ޓިކެޓް ކަށަވަރުވެފައި ވަނީ، އެ ދާއިރާތަކުން އިތުރު ބަޔަކު ކުރިމަތިލާފައިނުވާތީ އާއި ބައެއް ކެނޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން ޕްރައިމަރީ އަކަށްދާން ޖެހިފައި ނުވާތީ ކަމަށެވެ.