ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހަ ވަނަ ރިސޯޓް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ބައިވެރި ކުރުބާ މޯލްޑިވްސް އިން ހޯދައިފި އެވެ.

މިމުބާރާތުގެ ހަތަރު ފަހަރުގެ ޗެމްޕިއަން މީރު އައިލޭންޑް ރިސޯޓާއި ފޯ ސީޒަން ކުޑަހުރާ އާއި ފޯސީ ޒަން ލަނޑާގިރާވަރު އަދި ޖޯން ކީލް ރެސޯޓް މޯލްޑިވްސް ބައިވެރިވި އެވެ.

ކުރިކެޓް ބޯޑުން ބުނީ، ރިސޯޓް ކުރިކެޓް މުބާރާތައްފަހު ކުރިއަށް ދެން އޮތީ ވަރަށް ފޯރިގަދަ މުބާރާތް ތަކެއް ކަމަށާއި އެގޮތުން ރާއްޖޭއިހުރި ހައިކޮމިޝަންތަކަށް އަމާޒުކޮށްގެން ހިންގާ ސިކްސަސް އަދި ފޯޓީ ޕްލަސް ކްރިކެޓް މުބާރާތްވަނީ އޮކްޓޫބަރު މަހަށް ލަސްކޮށްފަ އެވެ. އަދި މިހާރު ސިކްސަސް މުބާރާތް ރާވާފައިވަނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ކުޅޭގޮތައް ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތުދެ އެވެ.

މިއަހަރުގެ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގައި ފެށުމަށް ރޭވިފައިވާ ގައުމީ ކްރިކެޓް މުބާރާތެވެ. އަދި ކުރިކެޓް ބޯޑުން ހިންގާ ޔޫތް ޑެވެލޮޕްމަންޓް ޕްރޮގަރާމާއި އިންޓްނޭޝަނަލް ޕްރޮގްރާމަށް ބަލައިލާއިރު ތިން ޓީމެށް ރާއްޖޭން ބޭރަށް ދާގޮތަށް ދަނީ ރާވަމުން ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތުދެ އެވެ.