Last Updated:
1 decade 2 year ago

ޗެމްޕިއަން ކުވައިތު ސްޕޯޓްސް އަތުން ނިއު ބޮޑު ތަފާތަކުން ބަލިވެއްޖެ

  • ނިއުރޭޑިއަންޓް 2 ކުވައިތު ސްޕޯޓްސް 7
ބުލޮގު ޚުލާސާ
ނިއުގެ ފުރަތަމަ 11:
ކިންސްލީ
މުހައްމަދު ޝިފާން
އަހުމަދު އަބްދުﷲ
އަލީ ފާސިރު
އަލީ އަޝްފާގް
އަލީ އުމަރު
މަންސާ
އަކުރަމް
އަހުމަދު ނިއާޒް
އިމްރާން މުހައްމަދު
މުހައްމަދު އުމައިރު
17:54ގަލޮޅު ދަނޑުން

އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ކުވެއިތު ސްޕޯޓްސް ކްލަބް އަތުން 7-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ބަލިވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނެޓުގައި ކުވައިތު ޓީމަށް ކާމިޔާބު ކޮށްދިނީ ކޫޓީނިއޯ އެވެ.

ކުވައިތު ޓީމުގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ފުރަތަމަ ހާފް ނިއްމާލީ ނިއު ކޮޅަށް ހަ ލަނޑު ޖެހުމަށް ފަހު އެވެ. ކުވައިތުގެ ދެ ވަނަ ލަނޑު މެޗުގެ 16 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ހައްމާމީ އެވެ. އަދި ކުވައިތުގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިއު ކޮޅަށް ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ކުވައިތު ޓީމުގެ 17 ނަންބަރު ކުޅުންތެރިޔާ އެވެ. މެޗުގައި ނިއު ކޮޅަށް ކުވޭތު ޓީމުން ޖެހި ހަތް ވަނަ ލަނޑު ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ ހަމާމީ އެވެ.

މިއަދުގެ މެޗުގައި ނިއު އިން ކުވޭތު ކޮޅަށް ޖެހި ދެ ލަނޑު ވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެގޮތުން ނިއުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

މިއަދުގެ މެޗުން ނިއު ބަލިވުމުން އެޓީމަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

މިއަދުގެ މެޗުގައި ކުވައިތު ޓީމުގެ ކުޅުންތެރިއަކާއި ނިއުގެ މުހައްމަދު އުމައިރަށް ވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ. އަދި މިއަދުގެ މެޗުގެ 63 ވަނަ މިނެޓުގައި ނިއުއަށް ލިބުނު ޕެނަލްޓީ އަލީ އަޝްފާގް (ދަގަނޑޭ) ޖެހީ ބޭރަށެވެ.

މިއަދު މެޗުގެ ފުރަތަމަ ހާފުގައި އިރާންގެ ރެފްރީ ވަނީ ނިއުގެ ކޯޗް ޕޮޕޯފް ދަނޑުން ފޮނުވާލައިފަ އެވެ. ޕޮޕޯފް ދަނޑުން ފޮނުވާލީ ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރުމުން ނެވެ.

ކުވޭތު ޓީމުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ޓިއުނީޝިޔާގެ ފޯވަޑަކާއި ބްރެޒިލްގެ ޑިފެންޑަރަކާއި ބަހުރޭނުގެ ކުޅުންތެރިއަކު ވެސް ހިމެނެ އެވެ. ޓީމުގެ ކޯޗަކީ ރޫމޭނިޔާގެ މާރިން ލޮން އެވެ.

ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ކުވޭތުގަ އެވެ.

17:53

ދަނގަޑޭގެ ހިލޭ ޖެހުމާއެކު މެޗް ނިމިއްޖެ
17:52

އުމައިރު ވެސް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފި
17:51

ކުވައިތު ޓީމުގެ 9 ނަންބަރު ކުޅުންތެރިޔާއަށް ރަތް ކާޑެއް ދައްކައިފި
17:50

ނިއުއަށް ހިލޭ ޖެހުމެއް
17:49

ކުވައިތު ޓީމަށް އެއްލުމެއް އެޓީމުގެ ހާފްތެރެއިން
17:48

ކުވައިތު ޓީމަށް ލިބުނު ޖެހުން ކީޕަރު ފޮނުވާލައިފި
17:48

މެޗުގެ އިތުރު މިނެޓުގެ ގޮތުގައި ތިން މިނެޓު ދައްކައިފި
17:47

ނިއުގެ ގާނާ ކުޅުން ތެރިޔާ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކޮށްފި
17:46

ކުވައިތު ޓީމަށް ލިބުނު ހިލޭ ޖެހުން އެޓީމުގެ ދެ ނަން ބަރު ކުޅުންތެރިޔާ ފޮނުވާލައިފި
17:46

ދަނގަދޭ ހުރަސް ކޮށްލި ބޯޅައަށް ނިއުގެ ތިން ކުޅުން ތެރިން ވެސް އޮފްސައިޑް ވެއްޖެ
17:45

ނިއުއަށް އަނެއްކާވެސް އެއްލުމެއް. އެއްލަނީ ޔާންބެ
17:44

ނިއުއަށް ކޯނަރެއް ލިބިއްޖެ
17:43

ނިއުގެ ދަނގަޑޭ އުފެއްދި ހަމަލާ އަނެއް ކާވެސް ކުވައިތު ކީޕަރު ދިފާއު ކޮށްފި
17:42

ނިއު އިން އަންނަނީ ޕާސިން ގޭމެއް ކުޅެމުން
17:42

ނިއުގެ އަކުރަމް ފައުލް ކުރުމުން ކުވައިތު ޓީމަށް ހިލޭ ޖެހުމެއް ލިބިއްޖެ.
17:40

ނިއުއަށް އެއްލުމެއް
17:39

ކުވައިތުގެ ޕެނަލްޓީ ކާމިޔާބު ކޮށްފި. އެޕެނަލްތީ ކާމިޔާބު ކުރީ އެޓީމުގެ 13 ނަންބަރު ކުޅުންތެރިޔާ
17:39

ކުވައިތު ޓީމަށް ޕެނަލްޓީއެއް
17:38

ސެންޓޭ ބާލައިފައި މޯހަން ކުޅެން ނިކުމެއްޖެ
17:38

މެޗްގެ 80 މިނެޓުގެ ކުޅުން ނިމިއްޖެ .
17:37

ނިއުގެ ގާނާ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ކީޕަރު ދިފާއު ކޮށްފި.
17:36

ނިއުގެ ސަޕޯޓަރުން ވަރަށް ހިތް ވަރު އެބަކުރޭ. އަވަދިނެތި ބެރުވެސް ޖަހަމުން ދަނީ
17:36

ކުވައިތު ޓީމުން ރާއްޖެ ކޮޅަށް ދެންމެ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އެއްއަރިމަތިން ބޭރަށް
17:35

ސެންޓޭ އަތުން ބޯޅަ ހޯދަން ކުވައިތުގެ ދެ ކުޅުންތެރިން މަސައްކަތް ކުރަނީ
17:34

ކުވައިތު ޓީމުން އުފެއްދި ހަމަލާ އިމްރާން ދިފާއު ކޮށްފި
17:33

ނިއުއަށް ކޯނަރެއް ލިބިއްޖެ.
17:33

އަނެއް ކާވެސް ކުވައިތުގެ ގޯލް ކުރިމަތިން ނުރައްކާތެރި ހަމަލައެއް ސެނޓޭ އުފައްދައިފި
17:32

ދަނގަޑޭ ފޮނުވާލި ބޯޅަ ކުވައިތުގެ ކީޕަރު ދިފާއުކޮށްފި. އެބޯޅައިގައި މާ ބާރު މިނެއް ނެތް
17:32

ކުވައިތު ޓީމުގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކަފި
17:31

ނިއުއިން ބަދަލެއް ގެނެސްފި ކުޅެން އެރީ މެސީ ފޭބީ މަންސާ
17:30

ކުވައިތު ޓީމުން ދެންމެ އުފެއްދި ހަމަލާ އިމްރާން ދިފާއު ކޮށްފި
17:29

އުމައިރު އަނެއްކާވެސް ކުވައިތުކޮޅަށް ފޮނުވާލި ބޯޅަ ގޯލު ހުރަސް ދަނޑިމަތން ބޭރަށް ހިގައްޖެ
17:28

ފޭބީ 17 ނަންބަރު ކުޅުންތެރިޔާ، އެރީ 14 ނަންބަރު ކުޅުންތެރިޔާ
17:27

ކުވައިތު ތީމުން ބަދަލެއް ގެންނަނީ
17:27

ކުވައިތު ޓީމުގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކައިފި
17:25

ދަނގަޑޭ ލަނޑު ޖެހީ ކުވައިތު ތީމުގެ ތިން ކުޅުންތެރިން ކާރިން ވަރަށް ރީތިކޮށް ނައްޓާލުމަށްފަހު ގޯލުގެ ކަނައް
17:25

ދަނގަޑޭ ލަނޑު ޖަހައިފި
17:24

ނިއުގެ ކުޅުންތެރިންގެ ފަރާތުން ދެ ވަނަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކަނ ފާހަގަ ކޮށްލެވޭ
17:23

ނިއުއަށް ލަނޑު ޖހާނެ ރަނުގެ ފުރުސަތެއް ލިބި އެދި ޔައީ ބޭރަށް. ސެންޓޭ ހުރަސްކޮށްލި ބޯޅަ އުމައިރުގެ ބޮލުގައި ލައްވާނުލާ އެދިޔައީ ގޯލުގެ ކުރިމަތިން ބޭރަށް
17:23

ދަނގަޑޭ ޕެނަލްޓީ ޖެހީ ބޭރަށް
17:22

ދަނގަޑޭއަށް ފައުލްކުރުމުން ނިއުއަށް ލިބުނު ޕެނަލްޓީ ޖަހަނީ ދަނގަޑޭ
17:21

ނިއަށް ޕެނަލްޓީއެއް
17:21

ކުވައިތު ޓީމުގެ ކެޕްޓަނަށް ރެފްރީ ރީނދޫ ކާޑު ދައްކައިފި.
17:20

ކުވައިތު ތީމުގެ ޑިފެންސް ކީޕަރު ފޮނުވާލައިފި
17:19

ކުވައިތު ތީމުގެ ހާފްތެރއއިން ނިއުއަށް ލިބުނު ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ އުމައިރު
17:19

އުމައިރަށް ފައުލް ކުރުމުން ނިއުއަށް ހިލޭ ޖެހުމެއް
17:18

ދަނގަޑޭ ފޮނުވާލި ބޯޅަ ކުވައިތު ޓީމުގެ ގޯލްކީޕަރު ދިފާއުކޮށްފި. ކުވައިތު ޓީމުގެ ގޯލް ކީޕަރުގެ ފަރާތުން މޮޅުކުޅުމެއް ފެނޭ
17:17

ސެންޓޭއަތުން ބޯޅަ ދޫވުމުން ކުވައިތު ޓީމަށް އެއްލުމެއް.
17:17

ދެ ވަނަ ހާފުގައި ނިއުގެ ކުޅުންތެރިންގެ ފަރާތުން މޮޅުކުޅުމެއް ދަނީ ދައްކަމުން
17:16

ކުވައިތު ޓީމުގެ ހާފްތރެއިން ރާއްޖެއަށް އެއްލުމެއް
17:15

ދަނގަޑޭ އަތުން ކުވައިތު ތީމުގެ ކުޅުންތެރިން ބޯޅަ އަތުލައިފި.
17:15

ނިއުއަށް އެޓީމުގެ ހާފްތެރެއިން ހިލޭ ޖެހުމެއް ލިބިއްޖެ.
17:14

އުމައިރު ފޮނުވާލި ބޯޅަ ކުވައިތު ޓީމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ ރާއްޖެ ހާފް ތެރެއަށް.
17:13

ކުވައިތު ޓީމުގެ ހާފްތެރެއިން ނިއުއަށް ހިލޭ ޖެހުމެއް ލިބިއްޖެ.
17:12

ސެންޓޭ ފޮނުވާލި ބޯޅަ ކުވައިތު ކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަނީ. ސެންޓޭ އެބޯޅަ ފޮނުވާލީ ވަރަށް ބާރަށް
17:12

ނިއު ގޯލް ޖަހައިފި
17:11

ކުވައިތު ތީމުން ބަދަލެއް ގެނެސްފި އެރީ 9 ނަންބަރު ކުޅުންތެރިޔާ، ފޭބީ 10
17:10

ނިއުއަށް ކޯނަރެއް ލިބިއްޖެ ކޯނަރު ނަގަނީ އުމައިރު
17:09

ކުވައިތު ޓީމަށް އެއްލުމެއް ލިބިއްޖެ. އެއްލި ބޯޅަ ކުރިއަށް ފޮނުވާލައިފި. ކުޅުމުގެ ތެރއިން
17:09

ކުވައިތު ޓީމުގެ ޑިފެންސް ކީޕަރު ފޮނުވާލައިފި
17:08

ރާއްޖެއަށް ކޯނަރެއް ލިބިއްޖެ. ކޯނަރު ނަގަނީ އުމައިރު
17:07

ދަނގަޑޭ ކުވައިތު ޓީމް ކޮޅަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކޮށްފި
17:07

އުމައިރު ފޮނުވާލި ހިލޭ ޖެހުން ކީޕަރު ދިފާއު ކޮށްފި
17:06

ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ކުވައިތު ޓީމުގެ ހާފްތެރެއިން
17:04

ކުވައިތު ޓީމަށް ލިބުނު ޑިފެންސް އެޓީމުގެ ކީޕަރު ފޮނުވާލައިފި
17:03

ނިއު އިން ބަދަލެއް ގެނެސްފި، އެރުވީ ނިއުގެ ގާނާ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 6، ފޭބީ އަލީ އުމަރު
17:03

މެޗުގު ދެ ވަނަ ހާފް ފަށައިފި
16:55ގަލޮޅު ދަނޑުން

އޭއެފްސީ ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ ނިއުރޭޑިއަންޓާ ކުވައިތުގެ ކުވޭތްސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ނަތީޖާއަކީ ކުވައިތު 6 ނިއު 0 އެވެ.
މިނަތީޖާއަކީ މިސީޒަންގައި ނިއުކޮށް އެންމެ ގިނަލަނޑު ޖެހި މެޗެވެ. އަދި މިއަދުގެ ނަތީޖާއަކީ ނިއުގެ ސަޕޯޓަރުން އުންމީދު ކުރި ނަތީޖާއެއް ނޫނެވެ. މެޗުގެ ކުވައިތު ޓީމުގެ ޖޯޒީ ނަންބަރު 17 ވަނީ ހެޓްރިކް ހަދައިފައެވެ.

16:51

ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ނަތީޖާ އަކީ ނިއު 0 ކުވައިތު ޓީމް 6
16:47

ދަނގަޑޭ ދެންމެ ފޮނުވާލި ބޯޅަ ކުވައިތު ޓީމުގެ ގޯލުގެ ހުރަސް ދަނޑީގައި ޖެހި ބޭރަށް.
16:46

ފުރަތަމަ ހާފުގެ އިތުރު މިނެޓުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކާފި
16:45

ކުވައިތުގެ ހަވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 17 ނަންބަރު ކުޅުންތެރިޔާ
16:44

އަނެއްކާވެސް ކުވައިތު ޓީމުން ލަނޑު ޖަހައިފި
16:43

ކުވައިތު ޓީމުގެ ޑިފެންސް އެޓީމުގެ ކީޕަރު ކުރިއަށް ފޮނުވާލައިފި
16:42

ކުވައިތު ޓީމުގެ ހާފްތރެއިން ރާއްޖެއަށް އެއްލުމެއް ލިބިއްޖެ
16:41

މެޗުގެ ފުރަތަމަ ހާފުގެ 41 މިނެޓުގެ ކުޅުން ނިމިއްޖެ. ނަތީޖާ އަކީ ކުވައިތު ޓީމް 5 ނިއު 0
16:40

ކުވޭތު ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވެއްޖެ. އޭނާ މިހާރު ދަނޑުން ބާލަނީ
16:39

ދެންމެ ވެސް ނިއު ކޮޅަށް އިރާނުން ހަމަލާއެއް އުފައްދަން އުޅެނިކޮށް އިމްރާން އެހަމަލާ ދިފާއު ކޮށްފި
16:38

މިއަދު މެޗްގެ ރެފްރީ އަކީ އިރާންގެ ރެފްރީއެއް. އެސިސްޓެންޓު ރެފްރީންގެ ގޮތުގައި ވެސް ތިބީ އިރާން މީހުން
16:37

މިއީ މިސީޒަންގައި ނިއު ކޮޅަށް އެންމެ ގިނަ ލަނޑު ޖެހި މެޗް ކަން ފާހަގަ ކޮށްލެވޭ
16:35

ނިއު ކޮޅަށް ކުވައިތުގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 17 ނަންބަރު ކުޅުންތެރިޔާ، މިއީ އޭނާ ހެޓްރިކް ހެދި ލަނޑު
16:35

ކުވައިތު ޓީމުން ފަސް ވަނަ ލަނޑު ޖަހައިފި
16:33

މިހާރު ނިއުއަށް އިރުޝާދު ދެމުން ދަނީ އެސިސްޓެންޓު ކޯޗް ތޮއްޑޫ ނިޒާމް
16:32

ނިއުގެ ކޯޗް ޕޮޕޯފް އަށް ރެފްރީ އިންޒާރު ދިނުމަށްފަހު، ބޭރަށް ފޮނުވާލައިފި
16:30

ކުވައިތު ޓީމަށް ހިލޭ ޖެހުމެއް ލިބިއްޖެ
16:29

މިފަހަރުވެސް ލަނޑު ކެޖީ ކުވައިތު ޓީމުގެ ޖޯޒީ ނަންބަރު 17 އިސާމް
16:28

އަނެއް ކާވެސް ކުވައިތު ޓީމުން ލަނޑު ޖަހައިފި.
16:27

ނިއު އިން ދެންމެ ވެސް ނުރައްކާތެރި ހަމަލައެއް އުފައްދައިފި. އެހެން ނަމަވެސް އެހަމަލާ ދިޔައީ ގޯލު ކުރިމަތިން ބޭރަށް
16:26

ކުވައިތު ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ދަނީ ކުޅެމުން
16:26

ނިއުއަށް އެއްލުމެއް، ނިއުގެ ހާފްތެރެއިން އެއްލަނީ އަހުމަދު ރަޝީދު
16:25

ކުވޭތު އެފްސީ ޓީމުގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންގެ ތެރޭގައި ޓިއުނީޝިޔާގެ ފޯވަޑަކާއި ބްރެޒިލްގެ ޑިފެންޑަރަކާއި ބަހުރޭނުގެ ކުޅުންތެރިއަކު ވެސް ހިމެނޭ. އެޓީމުގެ ކޯޗަކީ ރޫމޭނިޔާގެ މާރިން ލޮން
16:23

ކުވައިތު ކޮޅަށް ނިއުގެ ފާސިރު ފޮނުވާލި ބާރު ބޯޅައިގެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް
16:23

ދަނގަޑޭ ފޮނުވާލި ބޯޅަ ކުވައިތު ޓީމުގެ ގޯލްކީޕަރު ދިފާއުކޮށްފި
16:22

ޖެހުން ކުރިއަށް ފޮނުވާލުމަށް ދަނގަޑޭ އާއި އުމައިރު ބޯޅަ ކައިރީ މަޑުކޮށްލައިގެން
16:21

ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ކުވައިތު ޓީމުގެ ގޯލް ކުރިމަތިން
16:21

ކުވައިތު ޓީމުގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 17
16:20

އަނެއްކާވެސް ކުވައިތު ޓީމުން ލަނޑު ޖަހައިފި
16:20

ނިއުގެ ހާފް ތެރެއިން ކުވައިތު ޓީމަށް ހިލޭ ޖެހުމެއް ލިބިއްޖެ.
16:19

ކުވައިތު ޓީމުގެ ޖޯޒީ ނަންބަރު 10 އަށް ދެންމެވެސް ނުރައްކާތެރި ހަމަލައެއް ނިއުގެ ކޮޅަށް އުފައްދަން އުޅެނިކޮށް ކީޕަރު އިމްރާން އެބޯޅަ ދިފާއު ކޮށްފި.
16:18

ކުވައިތު ސްޕޯޓްސްއަށް ހިލޭ ޖެހުމެއް ލިބިއްޖެ
16:16

މެޗުގެ ކުރިން ނިއުގެ ކޯޗް ޕޮޕޯފް ކުޑަ ތަފާތަކުން ބަލިވިޔަސް އަދި ބޮޑު ތަފާތަކުން ބަލިވިޔަސް އެކަމުގައި ތަފާތެއް ނެތް ކަމަށާއި އެހެން ކަމުން ބަލިވެދާނޭ ކިޔާފައި ނިއު ކުޅެމުންގެންދާ އެޓޭކިން ސްޓައިލަށް ބަދަލެއް ނުގެންނާނެ ކަމަށް

16:15

އަނެއް ކާވެސް ކުވައިތު ޓީމުން ލަނޑު ޖަހައިފި. ލަނޑު ޖެހީ ކުވައިތު ޓީމުގެ 13 ނަންބަރު ކުޅުންތެރިޔާ..
16:14

ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ކުވައިތު ޓީމުގެ ހާފް ތެރެއިން
16:13

މެޗް ބެލުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ދަނޑަށް ވަންނަމުން، މިހާރުވެސް 8000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ވަދެފައި
16:12

ދަނގަޑޭ ކުވައިތު ކޮޅަށް ނުރައްކާތެރި ބާރު ހަމަލައެއް ފޮނުވާލައިފި. އެހަމަލާ އަމާޒްވީ ގޯލުގެ އެއް އަރިމަތީ ދާނގަޑުގައި
16:11

އަކޫއަށް ރީނދޫ ކާޑު ދެއްކީ ކުވައިތު ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓުމުން، އޭނާ ޕެނަލްޓީ ހޯދުމަށް މަސައްކަތް ކުރުމުން
16:10

އަކުރަމް އަށް ރީނދޫ ކާޑެއް ދައްކާފި
16:08

ނިއުގެ ފަރާތުން އަދި މާއެދެވޭ ކުޅުމެއް ފެނިފައެއް ނުވެ. މެޗުގެ އަށް މިނެޓުގެ ކުޅުން މިހާރު ނިމިއްޖެ
16:08

ރާއްޖެއަށް އެއްލުމެއް ލިބިއްޖެ. ރާއްޖެ ހާފްތެރެއިން
16:07

ކުވައިތު ޓީމަކީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް.
16:06

ކުވައިތު ޓީމުގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ނިއުގެ ކޮޅަށް ދަނީ އުފައްދަމުން
16:03

އަނެއްކާވެސް ކުވައިތު ޓީމުން ނިއު ކޮޅަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފި
16:03

ކުވައިތު ޓީމުން ލަނޑު ޖެހީ ޖޯޒީ ނަންބަރު 10
16:02

ކުވޭތު ސްޕޯޓްސް ކުލަބުން ލަނޑު ޖަހައިފި
16:01

މެޗް ފަށައިފި