17 Sep 2013, 12:55
ރ. އުނގޫފާރު ބަނދަރުގައި އަޅާފައި އޮތް ޕޮލިސް ލޯންޗެއްގެ މައްޗަށް ބޯޓެއް އަރިއަޅާލައިފި އެވެ.
ފުލުހުން ބުނީ އިއްޔެ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށެވެ.
އިއްޔެ މެންދުރު އެ ހާދިސާ ހިނގާފައި ވަނީ ގަދަވަޔާ އެކު އައި ކޮޅިގަނޑެއްގައި ފަޅުތެރެ ގަދަވެ ބޯޓުގެ ވާތައް ކަނޑައިގެން ދިޔުމުގެ ސަބަބުން ބޯޓު އަރިއަޅާލައިގެން ގޮހެވެ.
އެ ހާދިސާގައި ޕޮލިސް ލޯންޗްގެ ގެގަނޑަށް ގެއްލުންވުން ފިޔަވައި މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާގައި އަރިއަޅާލި ބޯޓުގެ ވާތައް ކަނޑައިގެން ދިޔުމުގެ ސަބުބުން ބޯޓުގެ ކޮޅުފަސްކޮޅުން ތަންކޮޅެއް ހަލާކުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އުނގޫފާރުގައި މަސައްކަތްކުރާ ފުލުހުންނާއި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ބޯޓު ނަގައި ބަނދަރުގައި އަޅާފައި ކަމަށެވެ.