22 Nov 2010, 13:52
ރައްޔިތުންގެ މަޖުލީހުގައި ވަޒީރުންނަށް ރުހުން ދިނުމަށް، މިއަދު ނެގުނު ވޯޓުގައި އެއްވެސް ވަޒީރަކަށް އިތުބާރު ނެތް ކަމަށް ކަނޑަ އެޅުއްވޭ ވަރަށް ވުރެން މަތިން ހުރިހާ ވަޒީރުން ވެސް ވޯޓު ހޯއްދަވާފައި ވާތީ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ހުރިހާ ވަޒީރުންނަށް މަރުހަބާ ދަންނަވައިފި އެވެ.
މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތު ހަމަވެ އިތުރުވާ އަދަދަކަށް އެއްވެސް ވަޒީރަކަށް ރުހުން ނެތްކަމަށް މަޖުލީހުން ފާސްވެފައި ނުވާތީ އެކަމުން ދޭހަ ކޮށްދެނީ އެބޭފޫޅުންގެ މަގާމު ތަކުގައި އަދި ޤައުމީ މަސްއޫލިއްޔަތު ތަކައިގެން ކުރިއަށް ދިޔުމަށް ރައްޔިތުން މަޖުލީހުގެ ރުހުން އޮތުން ކަމުގައި ވެސް ރައީސް ވިދާޅުވެފައި ވެއެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ވަޒީރުންނަށް ރުހުން ނުލިބުނަސް އެއީ އެބޭފުޅުންގެ މަގާމުން ވަކިވާނެ ސަބަބެއް ނޫން ކަމުގައި ވިދާޅުވެފަ އެވެ.