ރޯދަ މަހަށް ހާއްސަކޮށްގެން ރީފްސައިޑުން ހިންގި ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ގުރުއަތުން ހޮވައިފި އެވެ.

ރީފްސައިޑުން ހިންގައިފައިވާ ޕްރޮމޯޝަންގެ ސޮނީ އެކްސްޕީރިއާ މޯބައިލް ފޯނުގެ ނަސީބުވެރިންގެ ތެރެއިން ގުރުއަތުން އެއް ވަނަ އަށް ހޮވިގެން "ތްރީޑީ ޕާސަނަލް ވިއުވާ"އެއް ލިބިފައި ވަނީ ޒަރީނާ ހުސެން އަށެވެ. ދެ ވަނަ އަށް، ސައިބަޝޮޓް ކެމެރާ އަކާ އެކު ހުސެން ހަބީބު ހޮވިފައިވާ އިރު މުހައްމަދު ޝަފީގް މުހައްމަދު ވަނީ 24 އިންޗީގެ ޓީވީއަކާ އެކު ތިން ވަނަ އަށް ހޮވިފަ އެވެ.

ސޮނީގެ އެހެނިހެން ޕްރޮޑަކްޓްތަކަށް ހާއްސަކޮށްގެން ރޯދަމަހު ރީފްސައިޑް އިން ހިންގައިފައިވާ ޕްރޮމޯޝަންގެ ނަސީބުވެރިން ވެސް ވަނީ ގުރުއަތުން ހޮވައިފަ އެވެ. އެގޮތުން 60 އިންޗިގެ ތްރީޑީ އިންޓަނެޓް ޓީވީއަކާ އެކު އެއް ވަނަ އަށް ހޮވިފައި ވަނީ އަހުމަދު ނިޒާރު އެވެ. އަދި ދެވަނަ އަށް ހެވީ ފޯސް ނަމަކަށް ކިޔާ ކުންފުންޏެއް ތްރީޑީ ހޭންޑީ ކެމެރާއަކާ އެކު ހޮވިފައިވާ އިރު ސައުދް ޝިޔާން ވަނީ އެކްސްޕީރިޔާ ފޯނަކާ އެކު ތިން ވަނަ އަށް ހޮވިފަ އެވެ.