ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ އެކު ވެވުނު އެއްބަސްވުމަށް އަމަލުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ ނެކްސްބިޒުގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހު މިއަދު އެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެއްބަސްވުމަށް އަމަލުނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އެންގި އެންގުމަށް އަމަލުކުރުން ލާޒިމްކޮށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލް ކޮށްފަ އެވެ. އެ ހުކުމް ބާތިލްކޮށްފައި ވަނީ ނެކްސްބިޒްގެ ފަރާތުން އެގޮތަށް އެ ކޯޓުގައި އެދުމުންނެވެ.

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ތަހުގީގު ކުރާނަމަ އެކަން ކުރަންޖެހޭނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ކޮންޓްރެކްޓެއްގައި ދެ ފަރާތެއްގެ މެދުގައި އޮންނަ ރައްކާތެރިކަން ގެއްލޭފަދަ ގޮތަކަށް އޭސީސީއަށް އަމަލެއް ނުކުރެވޭނެ ކަމަށެވެ.