16 Sep 2013, 11:04
މާލޭ މަގުމަތީ ޕާކްކޮށްފައި ހުރި ހަތް ސައިކަލެއްގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ސަން އަށް އެނިފައިވާ ގޮތުގައި ރޭ ދަންވަރު 3:15 އެހައިކަންހާ އިރު ހިނގި އެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
ލޮނުޒިޔާރަތްމަގު ޕާމްޑެކް ރެސްޓޯރަންޓް ކުރިމަތީ ޕާކްކޮށްފައި ހުރި ހަތް ސައިކަލްގައި ރޯކޮށްލުމުން އެ ސައިކަލްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. އަދި އެ ޒޯންގައި ޕާކްކޮށްފައިވާ އެހެން ސައިލަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.