މާލޭ މަގުމަތީ ޕާކްކޮށްފައި ހުރި ހަތް ސައިކަލެއްގައި އަލިފާންޖަހައި އަންދާލައިފި އެވެ.

ލޮނުޒިޔާރަތް މަގުގައި ހުންނަ ޕާމްޑެކް ކުރިމަތީގައި ޕާކްކޮށްފައި ހުރި އެ ސައިކަލްތައް އަންދާލާފައި ވަނީ ރޭ ފަތިހުކަމަށް ސަން އަށް ވަނީ އެންގިފަ އެވެ.

އަލިފާން ރޯކޮށްލުމުގެ ސަބަބުން ހަތް ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދާ ހުލިވެފަ އެވެ. އަދި އެޒޯނުގައި ޕާކް ކޮށްފައިވާ އިތުރު ސައިކަލްތަކަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ލޮނުޒިޔާރަތް މަގުގައި ޕާކްކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލްތަކެއް ރޭގެ ވަގުތެއްގައި އަންދާލާފައިވާކަމުގެ ރިޕޯޓެއް ފުލުހުންނަށް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

އިތުރު ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.