ސ. ހިތަދޫ ގެއެއްގެ ތެރެއިން ސިހުރު ހަދަމުން ގެންދިޔަ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ހިތަދޫ، ސޯމާ، އިބްރާހިމް މަނިކު،66، ދޫކޮށްލައިފައި ވަނީ މިއަދު މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓަން ކޯޓަށް ނުފެންނާތީ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ދޫކޮށްލި ނަމަވެސް އެ މައްސަލައިގެ ތުހުމަތުގައި އެގޭތެރެއިން ފަންޑިތަ ހަދަން ބޭނުންކުރާ އާލާތަކެއް ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެއްޗެހި އަދި ވެސް ހުރީ ފުލުހުންގެ ބެލުގައި ދަށުގައި ކަމަށާއި އެ މައްސަލަ ތަހުގީގު ހުއްޓާ ނުލާ ކަމަށެވެ.

އެ ރަށުގައި ސިހުރަ ހާހޫރަ ހަދާ ކަމަށް މަޝްހޫރުވެފައިވާ އިބްރާހިމް މަނިކު ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގޭ ތެރެއިން ގިނަ އަދަދެއްގެ ފޮތާއި ތަވީދުގެ އިތުރުން ފެންފުޅިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.