މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވުރެ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް މުދާ އިމްޕޯޓް ކުރި މިންވަރު 10 ޕަސެންޓް އަދި މުދާ އެކްސްޕޯޓް ކުރި މިންވަރު 19 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 17.3 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވާ އިރު މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް އެތެރެކޮށްފައި ވަނީ 15.7 ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެ އިން މުދާ އެކްސްޕޯޓް ކޮށްފައިވާ މިންވަރަށް ބަލާ އިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 17.3 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ ތަފާސް ހިސާބު ތަކަށް ބަލާ އިރު މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. ދެ ވަނަ އަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައި ވަނީ ސިންގަޕޫރުންނެވެ. ތިން ވަނަ އަށް އެންމެގިނައިން އިމްޕޯޓްކޮށްފައިވާ އިންޑިޔާ އިންނެވެ.