22 Nov 2010, 08:32
ރާއްޖޭގެ އިޖުތިމާއީ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ ސްޕެޝަލް ރެޕްރެޒެންޓޭޓިވް ޓު މުސްލިމް ކޮމިއުނިޓީޒް ފަރަހް ޕަންޑިތާ ރައީސް އޮފީހުގައި އިއްޔެ ބައްދަލު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮތުންޖެހުންތަކުން ސަލާމަތްވުމަށް އެމެރިކާގެ އެހީ ބޭނުންވާ ކަމަށެވެ. އަދި މަދަނީ މުޖްތަމައުގެ ދައުރު ފުޅާކޮށް ގާބިލްކަން އިތުރު ކުރުމުގައި އެމެރިކާގެ އެހީއަށް ރައީސް ނަޝީދު ގޮވާލެއްވި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ދުނިޔޭގެ މުސްލިމް ގައުމުތަކަށް ހާއްސަކޮށް ކަނޑައެޅި ފުރަތަމަ މަންދޫބު ފަރަހް ޕަންޑިތާ ވިދާޅުވީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އިސްނެންގެވުމުގެ ދަށުން މުސްލިމް ގައުމުތަކާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކާ ރާއްޖެ އަށް ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަދަނީ ޖަމާއަތްތަކުގެ ގާބިލްކަން އިތުރުކުރުމަށް އެމެރިކާއިން އެހީ ތެރިވެދޭނެ ކަމަށެވެ. އެގޮތުން އެމެރިކާގެ ޖަމިއްޔާ ޖަމާއަތްތަކާ ރާއްޖޭގެ މަދަނީ މުޖުތައުއާ ގުޅުން ބަދަހި ކުރުމުގެ މަގުފަހިކޮށްދެއްވާނެ ކަމަށް ފަރަހް ޕަންޑިތު ވިދާޅުވި އެވެ.