12 Sep 2013, 01:05
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި އަންނަ ހޯމަ ދުވަހު ފަށާ 91 ވަނަ ސްރީލަންކާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ފިރިހެން ދެ އެތުލީޓުންނާއި އަންހެން އެތުލީޓަކާއި ކޯޗެކެވެ. މުބާރާތަށް ފޮނުވާ އަންހެން އެތުލީޓަކީ އަފާ އިސްމާޢީލް އެވެ. އަދި ފިރިހެން އެތުލީޓުންނަނީ ޝިފާޒް މުހައްމަދު އާއި އަހުމަދު ހަސަން އެވެ. ޓީމްގެ ކޯޗަކީ އެސޯސިއޭޝަންގެ މިޑްލް ޑިސްޓެންސް ކޯޗް ޢަބްދުﷲ އިބްރާހީމް އެވެ.
އަފާ މުބާރާތުގައި ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގައެވެ. ޝިފާޒް ވާދަކުރާނީ 1500 މީޓަރު އަދި 5000 މީޓަރު ދުވުމުގައެވެ. ހުސައިން ވާދަކުރާނީ 800 މީޓަރު އަދި 1500 މީޓަރު ދުވުމުގައެވެ.
މުބާރާތުގައި ވާދަކުރުމަށް ދިވެހި ޓީމް މާލެއިން ފުރާނީ އަންނަ އާދިއްތަ ދުވަހުއެވެ.