14:30


އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ވަގުތީ ގޮތުން ތާވަލުގެ ކުރިއަށް އާސެނަލް ޖެހިލައިފި އެވެ.


އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ވެސްޓްހޭމް ކޮޅަށް ލަނޑުޖަހައިދިނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު އެބުރުއައި ކެޕްޓަން ސެސް ފެބްރިގާޒް އާއި ސޯލް ކެމްބްލެވެ. ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޓަން ވިލާ އާއި ވޯލްހަމްޓަން ބައްދަލުކޮށް 2-2ން ވަނީ އެއްވަރުވެފަ އެވެ. އަމިއްލަ ދަނޑުގައި އެވަޓަން ވަނީ 2-0 ން ބޯލްޓަން ބަލިކޮށްފަ އެވެ.