10 Sep 2013, 15:55
އައިޖީއެމްއެޗު ގައި ހުރި ފަންޑުފޮށި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހު ޖަމާލް،21، ކަމަށެވެ.
އައިޖީއެމްއެޗްގު އިމަޖެންސީ ގޭޓްކައިރީ ބަހައްޓާފައި ހުރި ފަންޑުފޮށި މިމަހުގެ ދެ ވަނަ ދުވަހު ވަގަށް ނެގި މީހުން ހޯދަން ކުރަމުން ދިޔަ މަސައްކަތުގެ ދަށުން ޝާހު ޖަމާލް ހައްޔަރުކޮށްފައި ވަނީ މާފަންނު ކުޅިވަރު އެކުވެނި ކައިރީ ހުއްޓައި މިދިޔަ އާދިއްތަ ދުވަހު އެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި މީހާއަކީ އެމައްސަލައާ ގުޅިގެން ވައްކަންކުރި މީހުން ހޯދުމަށް ފުލުހުން ޢާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުގައި އެ ފަންޑު ފޮށި ވަގަށް ނަގައިގެން ދާ މީހާ ކަމަށެވެ.
އެ ވީޑިއޯ އިން ފެންނަ ދެވަނަ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.