11:19-


ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވީ ބިދޭސީއަކު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.


މިއަދު ހެނދުނު 7:00 ހާއިރު ކާނޭޝަން މަގުގައި ހުންނަ ދުނބުރި މިސްކިތް ކައިރީގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތަކަށް ކަމަށް ފުލުހުން ބުނެ އެވެ.


އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދީފައި އެ މީހާގެ މެއަށެވެ. ހަމަލާގެ ސަބަބުން  ބަންގަޅު މީހާ ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައިވާ ކަމަށް ވެއެވެ.


ފުލުހުން ބުނީ މައްސަލަ ގެންދަނީ އިތުރަށް ތަހްޤީޤްކުރަމުން ކަމަށެވެ. މިކަމާ ގުޅެ އިތުރު ތަފްސީލު ފަހުން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.