ޔަމަނުގައި 40 އަހަރުގެ ފިރިހެނަކާ ކައިވެނި ކުރުވި އަށް އަހަރުގެ އަންހެން ކުއްޖެއްގެ އެތެރެހައްޓަށް ލިބުނު ޒަހަމްތަކެއްގެ ސަބަބުން އެކުއްޖާ މަރުވެއްޖެ އެވެ.

ކުވައިތުގެ އަލް ވަތަން ނޫހާ ހަވާލާދީ ނައިޓެޑް ޕްރެސް އިންޓަނޭޝަނަލް (ޔޫޕީއައި) ބުނީ ޔަމަނުގެ ހުޅަނގު އުތުރުގައިވާ ހައްޖާ ނަމަކަށް ކިޔާ ރަށުގައި ދިރިއުޅުނު އެކުއްޖާ މަރުވީ ކުރިމަތިފަރާތް، އެތެރެއިން ވީދައިގެން ގޮސް، ލޭމަނާ ނުވެގެން ކަމަށެވެ.

ރާވަންގެ ނަމުގައި ނޫސްތަކުގައި ފާހަގަކޮށްފައިވާ އެއަންހެން ކުއްޖާގެ ފިރިމީހާ ހައްޔަރު ކުރުމަށް ޔަމަނާއި ކުވައިތުގައި އިންސާނީ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ.

ކުޑަކުދިންނާއި ކައިވެނި ކުރުމުގެ ސަގާފަތް ޔަމަނާއި ކުވައިތާއި އެނޫންވެސް ބައެއް އަރަބި ގައުމުތަކުން ނައްތާލުމަށް ބައެއް ޖަމިއްޔާތަކުން އަންނަނީ ގޮވަމުންނެވެ. މަޖުބޫރުކޮށްގެން ކައިވެނި ކުރުން ހުއްޓުވުމަށް ވެސް އެމީހުން ގޮވަ އެވެ.

މަރުވި ކުއްޖާގެ ފިރިމީހާ ހައްޔަރުކުރި ކަމެއް ނުވަތަ ނޫންކަމެއް ރިޕޯޓްތަކުން އަދި އޮޅުމެއް ނުފިލަ އެވެ.