Last Updated:
1 decade 2 year ago

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

    ބުލޮގު ޚުލާސާ
    ކަތަމަންޑޫ، ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި
    ދިވެހިރާއްޖެ އާއި އިންޑިއާ ބަންދަލު ކުރާނީ، ރާއްޖެ ގަޑިން މިއަދު ހަވީރު 5:45 ގައި. ދެ ޓީމުން ވެސް ދަސަރަތު ސްޓޭޑިއަމަށް އައިސްފި. ރާއްޖޭ ކުޅޭ މެޗުގެ ހަބަރުތައް ގެނެސްދިނުމަށް ދަސަރަތު ސްޓޭޑިއަމްގައި ރާއްޖޭގެ ފަސް މީޑިއާއަކުން ނުވަ ނޫސްވެރިން އެބަ ތިބި.

    ކަތުމަންޑޫއަށް މޫސުން ރީތި ދުވަހެއް. ފިނިހޫނުމިން އުޅެނީ 27 ޑިގްރީ ސެލްސިއަށްގައި.

    http://www.youtube.com/watch?v=cKeHGsGulnk

    އިންޑިއާ އާއި ރާއްޖެ އެންމެ ފަހުން ކުޅުނު މެޗުގެ ތެރެއިން:https://www.youtube.com/watch?v=OUi9ZvKSla8

    20:22ދަސަރަތު ރަންގަސަލާ ސްޓޭޑިއަމުން

    ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި މިރޭ 1-0 އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރު ކޮށްފި އެވެ.

    އިންޑިއާގެ ދިއްލީގައި 2011 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައިވެސް އިންޑިއާ އަތުން ރާއްޖެ ބަލިވީ ހަމަ މި ނަތީޖާއިންނެވެ.

    ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި މިރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

    މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު އިންޑިއާ ޓީމަށް ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ކޯނަރަކުން މެޗުގެ 87 ވަނަ މިނިޓުގައި އަރްނަބް ކުމާރު މަންޑަލާ އެވެ.

    މިއަދުގެ މެޗުގައި ރާއްޖެއަށް ލަނޑު ޖަހާނޭ ރަނގަޅު ދެތިން ފުރުސަތެއް ލިބި ބޭނުން ނުހިފި ދިޔަ އިރު މެޗުގެ 74 ވަނަ މިނިޓުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް ލަނޑު ޖަހަން ލިބުނު ފުރުސަތު ބޭނުން ނުކުރެވުނީ އޭނާއަށް އިންޑިއާގެ ކީޕަރު ފައުލް ކުރުމާ ގުޅިގެންނެވެ.

    އިންޑިއާ ކުޅުންތެރިއަކު ކީޕަރަށް ދިން ބެކްޕާހެއް ކީޕަރު އެރުމުގެ ކުރިން އަޝްފާގު ބޯޅަ ހޯދައިގެން އޭރިއާ ތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލާފައި ބޯޅަ ހިފައިގެން ދާން އުޅުމުގެ ތެރޭގައި އިންޑިއާ ގޯލްކީޕަރު ސުބްރަތާ ޕައުލް ވަނީ ދަނގަޑޭގެ އަށް ފައުލްކޮށް އޭރިޔާ ތެރެއަށް ވައްޓާލާފަ އެވެ. އެހެން ނަމަވެސް ރެފްރީ ވަނީ އެއީ ފައުލެއް ނޫންކަމަށް ނިންމައި އަދި ދަނގަޑޭ ޑައިވް ކުރީ ކަމަށް ބަލައި ދަގަނޑޭއަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ.

    މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތަފާތު ބޮޑު ނަތީޖާ ތަކެއް ނެރެ، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދި ނަމަވެސް ކުރީ މެޗުތަކާ އަޅާ ބަލާއިރު މިއަދުގެ މެޗުގައި ރާއްޖެއަށް ރަނގަޅު ކުޅުމެއް ދެއްކިފަ އެއް ނުވެއެވެ.

    މެޗު ނިމެން ކައިރިވެފައި ވަނިކޮށް ރާއްޖޭ ޓީމަށް ބަދަލުތަކެއް ގެނެސް އަހްމަދު ނިޔާޒު (ނިޔާ) އާއި މުހަައްމަދު ރަޝީދު (ހޮކޭ) ގެ ބަދަލުގައި ތަޖުރިބާކާރު ފޯވަޑް އަލީ އުމަރާއި، ހަސަން އަދުހަމް ކުޅެން ނެރެގެން ރާއްޖޭ ޓީމުން ހަމަލާތަކެއް އުފެއްދި ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފަ އެވެ.

    މިއަދުގެ މެޗު ނިމުމާއެކު ރާއްޖޭ ކުޅުންތެރިން ރެފްރީއާ ދިމާއަށް ގޮސް ރެފްރީގެ ނިންމުންތަކާ ދެކޮޅުހަދައި އަޑު އުފުލުމުގެ ސަބަބުން ރެފްރީ ވަނީ، އަލީ އުމަރަށާއި މުހައްމަދު ރަޝީދު (ހޮކޭ) އަށް ރަތްކާޑު ދައްކާފަ އެވެ.

    އަދި އޭގެ ފަހުންވެސް ދަނޑުމަތީގައި ރާއްޖޭ ކުޅުންތެރިންނާއި އޮފިޝަލުންނާއި ދެކޮޅަށް މުބާރާތުގެ އޮފިޝަލުންނާއި އޯލް ނޭޕާލް ފުޓްބޯލް އެސޯއިއޭޝަން (އަންފާ)ގެ އޮފިޝަލުން ވަނީ ރާއްޖޭ ކުޅުންތެރިންނާ ދެކޮޅަށް ހަމަ ނުޖެހުން ހިންގާފަ އެވެ.

    މުބާރާތުގެ ފައިނަލްގައި އިންޑިއާ ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައިވެސް އެޓީމު ވާދަކޮށް ބަލިކުރި އަފްޣާނިސްތާނާ އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރު ރާއްޖޭ ގަޑިން 5:45ގަ އެވެ.

    19:31

    މެޗް ނިމިއްޖެ ނަތީޖާ އަކީ ރާއްޖެ 0 އިންޑިއާ 1
    19:30

    މެޗުގެ އިތުރު މިނެޓުގެ ގޮތުގައި ހަތަރު މިނެޓު ދައްކައިފި
    19:29

    ރާއްޖެއިން އަނެއް ކާވެސް ބަދަލެއް ގެނެސްފި. ކުޅެން އެރީ އަދުހަމް ފޭބީ ހޮކޭ
    19:27

    ރާއްޖެއިން ބަދަލެއް ގެނެސްފި. ފޭބީ ނިޔާ ކުޅެން އެރީ އަލީ އުމަރު
    19:25

    އިންޑިއާގެ ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޯޒީ ނަންބަރު 5
    19:24

    އިންޑިއާއިން ލަނޑު ޖަހައިފި.
    19:22

    އިންޑިއާއިން ދެންމެ ރާއްޖެ ކޮށް އުފެއްދި ނުރައްކާތެރި ހަމަލަ، ގޮސް އަމާޒް ވީ ގޯލުގެ ބޭރު އެއް އަރިމަތީ ދާގަނޑުގަ
    19:20

    އިންޑިއާ ގޯލަށް އުމައިރު ހަމަލައެއް އުފައްދައިފި. އެހަމަލާ އިންޑިއާ ކީޕަރު ދިފާއު ކޮށްފި
    19:19

    އިންޑިއާއިން ބަދަލެއް ގެނެސްފި. އިންޑިޔާއިން ގެނާ ބަދަލަކީ ދެންމެ އަނިޔާވެގެން ބޭލި 14 ނަންބަރު ކުޅުންތެރިޔާގެ ބަދަލުގައި 17 ނަންބްރު ކުޅެން ނިކުތީ.
    19:18

    އިންޑިއާ ކުޅުންތެރިއަކަށް އނިޔާވެގެން ދަނޑުން ބާލަނީ، އަނިޔާ ވީ އިންޑިޔާގެ 14 ނަންބަރު ކުޅުންތެރިޔާ
    19:17

    ބަކާއަށް ފައުލް ކުރުމުން އަނެއްކާވެސް ރާއްޖެއަށް ހިލޭ ޖެހުމެއް.
    19:16

    އިންޑިއާއަށް އެލުމެއް ރާއްޖެ ހާފްތެރެއިން
    19:14

    ރެފްރީ ދަނގަޑޭއަށް ރީނދޫ ކާޑު ދެއްކީ އިންޑިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް އަމިއްލައަށް ވެއްޓުން ކަމަށް ބުނެ
    19:12

    ދަނގަޑޭއަށް ރީނދޫ ކާޑެއް
    19:09

    އިންޑިއާ ކުޅުންތެރިއަކަށް އަނިޔާވެގެން، އޭނައަށް ފަރުވާ ދިނުމަށް އިންޑިއ ބެންޗުން މިހާރު ދަނީ މަސައްކަތ ކުރަމުން
    19:07

    އިންޑިއާ ހާފްތެރެއިން އިންޑިއާއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ އިންޑިއާ ކީޕަރު
    19:04

    ހޮކޭއާ އިންޑިއާގެ ލެނީ ރޮޑްރިގޭޒްއާ ދެމީހުންގެ ދެމެދުގައި ހަމަނުޖެހުމެއް ހިންގުމުގެ ސަބަބުން ރެފްރީ އެ ދެކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކައިފި
    19:03

    އިންޑިއާގެ ޕެނަލްޓީ އޭރިޔާ ބޭރުން އުމޭރު ފޮނުވާލި ހިލޭ ޖެހުން އިންޑިއާގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޭރަށް ދިއުމުން ރާއްޖެއަށް ކޯނަރެއް
    19:01

    އިންޑިއާގެ ގޯރަމަންގި ސިންގް އެޓީމްގެ ޕެންލަޓީ އޭރިޔާ ބޭރުން ދަގަނޑޭއަށް ފައުލު ކުރުމުން އޭނާއަށް ރީނދޫ ކާޑެއް ދައްކައިފި. ރާއްޖެއަށް ހިލޭ ޖެހުމެއް
    19:01
    19:00

    އިންޑިއާ ޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. ރާއްޖޭގެ ޕެނަލްޓީ އޭރިޔާ ބޭރުން އިންޑިއާގެ ރޮބިން ސިންގް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިމަތިން ބޭރަށް
    18:59
    18:57
    18:57

    އިންޑިއާގެ ޖޭޖޭއަށް ފައުލު ކުރުމާ ގުޅިގެން ސެންޓޭއަށް ރީނދޫ ކާޑެއް ދައްކައިފި
    18:56
    18:56

    އިންޑިއާ ހާފް ތެރެއިން ރާއްޖެއަށް ޖެހުމެއް. ޖަހަނީ އުމޭރު
    18:55
    18:54

    ދެވަނަ ހާފްގެ 10 މިނިޓްގެ ކުޅުން ނިމިއްޖެ. އަދި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހޭ
    18:54

    އިންޑިއާ ހާފް ތެރެއިން އެޓީމަށް އެއްލުމެއް
    18:47

    ދެވަނަ ހާފްގެ ކުޅުން ފެށިގެން ފުރަތަމަ ފަސް މިނިޓުގެ ތެރޭގައި އިންޑިއާއިން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް އުފައްދައިފި.
    18:42ދަސަރަތު ރަންގަސަލާ ސްޓޭޑިއަމުން

    ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު، ރާއްޖެއިން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް އުފައްދާފައި. މެޗުގެ ކުރީކޮޅު އުމެއިރަށް ހުސްކޮށް ލިބުނު ފުރުސަތެއް، އުމެއިރު ޖެހި ބޯޅަ އިންޑިއާގެ ގޯލްކީޕަރު މަތަކުރި. މީގެ އިތުރުން ލިބުނު ހިލޭ ޖެހުންތަކުން އަޝްފާގު އަދި އުމެއިރު ވަނީ އިންޑިއާގެ ގޯލަށް ނުރައްކާ ކޮށްފައި.

    އިންޑިއާއަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވޭ. އިންޑިއާގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށް ފާހަގަކުރެވެނީ ޖޭ ޖޭ ލާލްޕެކުލުއާ.

    އިންޑިއާއިން ވަނީ ރާއްޖޭގެ ކެޕްޓަން އަޝްފާގު ހުއްޓުވުމަށް ގިނަ ފައުލްތަކެއް ކޮށްފައި. އިންޑިއާގެ ދެ ކުޅުންތެރިއަކު އަބަދު ވެސް އަޝްފާގު މާކު ކުރަމުންދާ ކަން ފާހަގަކޮށްލެވޭ. އިންޑިއާއިން ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް 15 ފައުލްކޮށްފައި، ރާއްޖެއިން ދެ ފައުލް.

    18:33

    ފުރަތަ ހާފު ނިމިއްޖެ
    18:25

    ސެންޓޭއަށް އިންޑިއާގެ ހަތަރު ނަންބަރު ކުޅުންތެރިޔާ ފައުލް ކުރުމުން ރެފްރީ އޭނައަށް ރީނދޫ ކާޑެއް ދައްކައިފި.
    18:24

    އިންޑިއާ ކުޅުންތެރިއަކު އޮފްސައިޑް ވެއްޖެ. ޖެހުން ރާއްޖެއަށް
    18:23

    ރާއްޖެ ހާފްތެރެއިން އިންޑިއާއަށް ހިލޭ ޖެހުމެއް. އިންޑިއާއިން ޖެހި ހިލޭ ޖެހުން ކީޕަރު އިމްރާން ދިފާއުކޮށްފި
    18:23

    އަލުން ނިޔާ ކުޅެންއަރާފި.
    18:22

    އިންޑިއާއިން ދެންމެ ފޮނުވާލި ބޯޅަ އިމްރާން ވަރަށް ހަމަޖެހިލައިފަ ދިފާއުކޮށްފި.
    18:21

    18:20

    ރާއްޖެ މިހާރު ކުޅެނީ އެއް ކުޅުންތެރިއަކު މަދުކޮށް. އެއީ ރާއްޖޭގެ ނިޔާ ޖޯޒީގެ މައްސަލައެއް ޖެހިގެން ރެފްރީ އޭނަ ފޮނުވާލީ އަލުން އޭނަ ޖާޒީ ބަދަލުކުރަން.
    18:17

    މެޗުގައި ދިވެހި ޓީމަށް ސަޕޯޓްކުރުމަށް ނޭޕާލްގައި ކިޔަވާ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ސްޓޭޑިއަމްގައި އެބަތިބި
    18:15

    ރާއްޖެއަށް އަނެއްކާވެސް ހިލޭ ޖެހުމެއް އިންޑިއާ ހާފްތެރެއިން ލިބިއްޖެ. މިފހަރުވެސް ރާއްޖެއަށް ހިލޭ ޖެހުން ލިބުނީ ރާއްޖޭގެ ފޯވާޑް ދަނގަޑޭއަށް ފައުލް ކުރުމުން.
    18:14

    އިންޑިއާއިން ދެންމެ އުފެއްދި ހަމަލާ ރާއްޖޭގެ ގޯލުގެ ހުރަސް ދަނޑިމަތިން ދިޔައީ ބޭރަށް.
    18:12

    ދަނގަޑޭ ފޮނުވާލި ބޯޅަ އިންޑިއާ ކީޕަރު ދިފާއު ކޮށްފި.
    18:11

    އިންޑިއާ ހާފްތެރެއިން ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ހިލޭ ޖެހުން ކުރިއަށް ފޮނުވާލަނީ ދަނގަޑޭ
    18:09

    ރާއްޖޭގެ ޑިފެންޑަރު ޝާފިއުއަށް އިންޑިއާ ކުޅުންތެރިއަކު ފައުލް ކުރުމާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ރާއްޖެ ހާފްތެރެއިން
    18:09
    18:07

    ފަރުވާ ހޯދުމަށްފަހު ދަނގަޑޭ އަލުން ކުޅެން އަރާފި
    18:06
    18:06

    ރާއްޖޭގެ ކެޕްޓަން ދަނގަޑޭއަށް އަނިޔާވެގެން ދަނޑު މައްޗަށް ވެއްޓިއްޖެ. އޭނައަށް ފަރުވާ ދިނުމަށް ގައުމީ ޓީމް ޑރ. ޝަކީބް މިހާރު ދަނީ ހަރަކާތް ތެރިވަމުން. އެކަމަކު ދަނގަޑޭއަށް ލިބުނީ މާސީރިއަށް އަނިޔާއެއް ނޫން.
    18:05

    އިންޑިއާ ހާފްތެރެއިން ރާއްޖެއަށް އެލުމެއް.
    18:04
    18:03

    ރާއްޖެ ހާފްތެރެއިން، ރާއްޖެއަށް ލިބުނު އެއްލުން އަހުމަދު ރަޝީދު އެއްލައިފި.
    18:02
    18:02

    އަނެއް ކާވެސް ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. އިންޑިއާއިން މިފަހަރު ފައުލް ކުރީ އުމައިރަށް
    18:00

    ރާއްޖެ ކުޅުންތެރިން ވަރަށް ހަމަޖެހިލައިފަ ރާއްޖެ ހާފްތެރޭގައި ޕާސިން ގޭމެއް ކުޅެމުން ދާއިރު، އިންޑިއާ ކުޅުންތެރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.
    17:59

    އިންޑިއާ ކުޅުންތެރިއަކަށް ރީދޫ ކާޑެއް ދައްކައިފި. އަކޫއަށް ފައުލް ކުރުމުން.
    17:57

    އިންޑިއާއިން ފޮނުވާލި ހިލޭޖެހުން އެގައުމުގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ ބޭރަށް. ގޯލްގެ އެއްއަރިމަތިން
    17:57

    ރާއްޖެ ހާފްތެރެއިން އިންޑިއާއަށް ހިލޭ ޖެހުމެއް
    17:55

    17:55

    ރާއްޖޭގެ ޑިފެންސް ގޯލްކީޕަރު އިމްރާން ކުރިއަށް ފޮނުވާލައިފި.
    17:54

    އިންޑިއާއަށް އެއްލުމެއް. ރާއްޖެ ހާފްތެރެއިން.
    17:52

    އަނެއްކާވެސް ރާއްޖެއަށް އިންޑިއާ ހާފްތެރެެއިން ޖެހުމެއް ލިބިއްޖެ، މިފަހަރުވެސް އިންޑިއާ ކުޅުންތެރިން ފައުލް ކުރީ ދަނގަޑޭއަށް.
    17:51

    ރާއްޖޭގެ ކުޅުންތެރިން ކުޅެމުން އަންނަނީ ވަރަށް ހަމަޖެހިލައިގެން،
    17:50

    ރާއްޖެ ހާފް ތެރެއިން، އަނެއްކާވެސް ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ހިލޭ ޖެހުން ކުރިއަށް ފޮނުވާލީ ގޯލް ކީޕަރު އިމްރާން
    17:48

    އުމައިރު ފޮނުވާލި ބާރު ހަމަލައެއް އިންޑިއާ ކީޕަރު ދިފާއުކޮށްފި. ރާއްޖޭގެ ފަރާތުން މޮޅަށް ކުލެމުން އަންނަ ކަން ފާހަގަ ކުރެވޭ
    17:47

    ރާއްޖޭގެ ގޯލްކީޕަރު އިމްރާނަށް އަނިޔާވެގެން ދަނޑު މައްޗަށް ވެއްޓިއްޖެ. އެހެން ނަމަވެސް އޭނާއަށް ލިބުނީ މާސީރިއަށް އަނިޔާއެއް ނޫން.
    17:46

    އިންޑިއާއަށް އެލުމެއް. މެޗުގެ ފުރަތަމަ ހަމަލާ ދެންމެ ރާއްޖެއިން އުފެއްދިތަން ފެނިގެން ހިގައްޖެ.
    17:46

    ރާއްޖެއަށް ކޯނަރެއް.
    17:45

    ރާއްޖެއަށް ޖެހުމެއް ލިބިއްޖެ. އިންޑިއާ ހާފްތެރެއިން. ދަނގަޑޭއަށް ފައުލް ކުރުމުން
    17:44

    މެޗް ފަށައިފި
    17:42

    މެޗެ ފަށަނީ އިންޑިއާއިން،
    17:39

    މިހާރު ކުރިއަށް ދަނީ އިންޑިއާގެ ގައުމީ ސަލާން
    17:38

    މިހާރު ކުރިއަށް ދަނީ ރާއްޖޭގެ ގައުމީ ސަލާން.
    17:34

    މެޗް ފަށާނީ ދެ ޓީމުގެ ގައުމީ ސަލާމަށް ފަހު.
    17:33

    މެޗެ ފެށުމަށްޓަކައި ދެ ޓީމް ވެސް ދަނޑަށް އަރައިފި
    17:28

    ސްޓޭޑިއަމްގައި ތިބި މި ސަރަހައްދުގެ ނޫސްވެރިންނާއި ގިނަ ސަޕޯޓަރުން ބުނާގޮތުން މިފަހަރުގެ ސާފްޗެމްޕިއަން ޝިޕްގައި ފޭވަރިޓަކީ ރާއްޖެ ޓީމް
    17:23

    ކަތަމަންޑޫ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގެ ސަރަހައްދުން އުޑުމަތި ފެންނަން އޮތީ ބަނަކޮށް
    17:21

    ރާއްޖެއާ ދެކޮޅަށް އިންޑިއާ ނުކުންނަ އިރު ދެ ރީނދޫކާޑު ހަމަ ވުމުގެ ސަބަބުން އިންޑިއާ ޓީމްގެ ކެޕްޓަން ސުނިލް ޗެތުރީއަށް މިއަދުގެ މެޗުގައި ނުކުޅެވޭނެ.

    މެޗުގެ ކުރިން ރާއްޖެ ޓީމުގެ ކޯޗް އުރުބާނީ ބުނީ ޗެތުރީއަށް ނުކުޅެވުމަކީ ރާއްޖެއަށް އޮތް އެޑްވާންޓޭޖެއް ކަމަށް ގަބޫލު ނުކުރާކަމަށް.

    17:11
    17:08
    17:06

    ސަރަހައްދުގެ އެންމެ ބޮޑު ގައުމާ ދެކޮޅަށް ރާއްޖެ މިއަދު ނިކުންނައިރު، ރާއްޖެ އާއި އިންޑިއާ ވަނީ 2000 ވަނަ އަހަރު ރާއްޖޭގައި އޮތް ގޯލްޑަން ޖުބިލީ މުބާރާތުގައި ވާދަކޮށްފަ. އެފަހަރު ތޮއްޑޫ ނިޒާމުގެ ލަނޑާ އެކު 1-0 އިން އިންޑިއާ އަތުން ރާއްޖެ ވަނީ މޮޅުވެފަ.
    17:05
    17:02

    މިއަދު މެޗުގެ ރެފްރީއަކީ އިދްހަމް މުހައްމަދު، އޭނަ އަކީ ޖޯޑަންގެ ރެފްރީއެއް. އެސިސްޓެންޓް ރެފްރީންގެ ގޮތުގައި ތިބީ ޖޯޑަންގެ ރެފްރީއަކާއި އަފްގާނިސްތާންގެ ރެފްރީއެއް.
    16:58

    މެޗް ފެށުމުގެ ކުރިން ދެޓީމުން ވެސް މިވަގުތު އަންނަނީ "މެޗަށް ރެޑީވެލުމަށް" އެންމެ ފަހުގެ ތައްޔާރީތައް ވަމުން.
    16:56
    16:50

    ރާއްޖެ މިއަދު ކުޅެނީ ރަތްކުލައިގެ ޖާޒީގައި. ކަތުމަންޑޫގެ މޫސުން މިވަގުތު ރަނގަޅު. ފިނިހޫނުމިން ހުރީ 25 ޑިގްރީ ސެލްސިއަސްގައި
    16:49ދަސަރަތު ރަންގަސަލާ ސްޓޭޑިއަމުން
    16:49

    16:48

    16:46

    ރާއްޖެ ޓީމުގެ ފުރަތަމަ 11:

    1- އަހްމަދު އަބްދުﷲ (ލިލީ)
    2- މުހައްމަދު ސިފާން (ކުޑައްޓޭ)
    3- އަޙްމަދު ނިޔާޒު (ނިޔާ)
    4- މުހައްމަދު އާރިފް (ބަކާ)
    5- އަލީ އަޝްފާގު (ދަގަނޑޭ) ކެޕްޓަން
    6- އަލީ ފާސިރު (ސެންޓޭ)
    7- އަކްރަމް އަބްދުލް ޣަނީ (އަކޫ)
    8- ޝާފިއު އަހްމަދު (ޝާފީ)
    9- މުހައްމަދު ރަޝީދު (ހޮކޭ)
    10- އިމްރާން މުހައްމަދު (އިންމަ) ގޯލްކީޕަރު
    11- މުހައްމަދު އުމެއިރު (އުމޭ)

    16:30

    މި ދެޓީމްގެ އެންމެ ފަހުގެ ކުރިމަތި ލުން އޮތީ 2012 ވަނަ އަހަރު ރާއްޖޭގައި މި ދެޓީމް ވާދަކުރި މެޗު ނިމުނީ އެއްވަރު ވެގެން. ޖެހިގެން އައި 2011 ވަނަ އަހަރު އިންޑީއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މި ދެ ޓީމް ވާދަކުރި މެޗު އިންޑިއާ ކާމިޔާބުކުރީ 3-1 އިން.

    ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި 2009 ވަނަ އަހަރުގެ އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 2-0 އިން އިންޑިއާ ބަލިކޮށްފަ. އަދި 2008 ވަނަ އަހަރުގެ ރާއްޖެއާއި ސްރީ ލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ރާއްޖެ އުފުލައިލީ 1-0 އިން އިންޑިއާ ބަލިކޮށްފައި.

    16:27ކަތަމަންޑޫ، ދަސަރަތު ރަންގަސަލާ ސްޓޭޑިއަމުން

    ރާއްޖެ އާއި އިންޑިއާ މިހާތަނަށް ކުޅުނު ވާދަވެރި އަދި އެކުވެރި ކަމުގެ މެޗުތައް ހިމަނައިގެން ޖުމުލަ 12 މެޗު ކުޅެފައިވާ އިރު އިންޑިއާ އަތުން ރާއްޖެ މޮޅުވީ ތިން ފަހަރު، އަދި ރާއްޖެ އަތުން އިންޑިއާ ވަނީ ހަ ފަހަރު މޮޅުވެފައި. އަނެއް ތިން މެޗު ވަނީ އެއްވަރުވެފައި.
    16:24
    00:00