ވަޒީރުންނަށް ރުހުން ދިނުމުގެ ބަހުސުގައި ވާހަކަ ދައްކަވަން ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން އެ ބަހުސު ނިންމާލައިފި އެވެ. ދެން ވޯޓަށް އެހުން އޮންނާނީ މެންދުރު 13:30 ގަ އެވެ. ވޯޓަށް ހުށަހެޅިފައިވާ އެއްގޮތަކީ މަޖިލީހުގެ ގަވާއިދު އިސްލާހުކޮށް ކޮމެޓީ އަކަށް ފޮނުވުމަށް ފަހު ކޮމެޓީން ފެންނަ ގޮތެއްގެ މަތީން މަޖިލީހުގެ ތަޅުމަށް ގެނައުމެވެ. އަނެއް ގޮތަކީ ސީދާ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމެވެ.


9:08


ޕީއޭގެ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެއްފަހަރު ކޮމެޓީ އަށް ފޮނުވާފައިވާ ކަމެއް ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލަ އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.


9:07


ޕީއޭގެ އަބްދުއްރަހީމް ވިދާޅުވީ ޕީއޭގެ ނިންމުމަކީ އެއްވެސް ވަޒީރަކަށް ރުހުން ނުދިނުން ކަމަށެވެ.


9:02


މަޑަވެލި ދާއިރާގެ މެންބަރު މުހަންމަދު ނާޒިމު ވިދާޅުވީ އެ މައްސަލަ ފުރަތަމަ ގެންދަން ޖެހޭނީ ކޮމެޓީ އަށް ކަމަށެވެ. އޭނާ ވިދާޅުވީ ގަވައިދު އިސްލާހުނުކޮށް އަދި މައްސަލަ ކޮމެޓީ އަށް ނުގެންގޮސް ކުރިއަށް ގެންދާ ނަމަ އޭނާ އިންނަވާނީ ބޭރުގައި ކަމަށެވެ.


ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓައިފި އެވެ.