06 Sep 2013, 16:47
ރާއްޖޭގެ އެކި ރަށްރަށަށް ގޮސް ފައިސާ އާއި ތަކެތި ދީގެން މީހުން ގަތުމަށް ބައެއް ކެންޑިޑޭޓުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރިރާއްޖޭގެ އެކި ރަށްރަށަށް ގޮސް ފައިސާ އާއި ތަކެތި ދީގެން މީހުން ގަތުމަށް ބައެއް ކެންޑިޑޭޓުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރިޝްވަތުގެ ހުތުރު އަމަލެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 މެދުވެރިކޮށް މިއަދު ދެއްވި ހިތާބެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ ވޯޓު ގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި އެކި ބޭފުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފަސާދަ އުފެއްދުމަށް ކުރަމުންދާ ކަމެއް ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ދިއުމުން ރައްޔިތުން ކުރަމުންދާ ޝަކުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންގެ ވޯޓު ގަތުމަށް ޓަކައި ފުޅާ ދާއިރާއެއްގައި އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު ހުތުރު ކަމެއްގެ ގޮތުގައި ހުރިހާ ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމެއް. އަދި އެއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މުޖުތަމައުގެ މެދުގައި ފަސާދަކޮށް، އަޅުނގަޑު ދެކޭ ގޮތުގައި ބަލިމަޑުކަމެއްގެ ގޮތުގައި ފާހަގަކުރަން ޖެހޭ. ރިޝްވަތުގެ ހުތުރު އަމަލެއް." ޖަމީލް ވިދާޅުވި އެވެ.
ޓީވީއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުން ދައްކާފައިވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ސިޔާސީ ގޮތުންނާއި ޕޮލިސީގެ ގޮތުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ދެއްކެވި ކަމަށެވެ. އަދި ބަހުސްގައި އިގްތިސޯދީ ގޮތުން ދެއްކެވި ވާހަކަފުޅުން ރާއްޖޭގެ ވަކި ރަށަކަށް އަމާޒްކޮށްގެން ވާހަކަ ދައްކަވާފައިވާ ކަމަށާއި މުޅި ރާއްޖެ އަށް ތަސައްވުރެ ނެތްކަން ހާމަވެގެން ދިޔަ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަދި އެ ބަހުސް ކާމިޔާބުކުރީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަން ރާއްޖޭގެ ކުދި ބޮޑު އެންމެން ގަބޫލުކޮށްފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެގޮތުން ތައުލީމާއި ސިއްހީ އަދި އިޖްތިމާއި އަދާލަތުގެ ދާއިރާއާއި ރައްޔިތުންގެ ސުލްހަ މަސަލަސް ކަމާއި އަމަން އަމާންކަން ގާއިމުކުރަން ބެލިކަމުގައިވީ ނަމަވެސް އެ ކަންތައްތަކުގެ ޓްރެކް ރިކޯޑް އޮތީ ޕީޕީއެމްގެ އަތުގައި ކަމަށާއި އެކަން ކުރެވޭނެ ޓީމެއް އޮތީ ވެސް ޕީޕީއެމްގައި ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.ޝްވަތުގެ ހުތުރު އަމަލެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 މެދުވެރިކޮށް މިއަދު ދެއްވި ހިތާބެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައްޔިތުންގެ ވޯޓު ގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި އެކި ބޭފުން ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފަސާދަ އުފެއްދުމަށް ކުރަމުންދާ ކަމެއް ކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ދިއުމުން ރައްޔިތުން ކުރަމުންދާ ޝަކުވާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންގެ ވޯޓު ގަތުމަށް ޓަކައި ފުޅާ ދާއިރާއެއްގައި އެކިއެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ބޮޑު ހުތުރު ކަމެއްގެ ގޮތުގައި ހުރިހާ ރައްޔިތުން ގަބޫލުކުރަން ޖެހޭ ކަމެއް. އަދި އެއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މުޖުތަމައުގެ މެދުގައި ފަސާދަކޮށް، އަޅުނގަޑު ދެކޭ ގޮތުގައި ބަލިމަޑުކަމެއްގެ ގޮތުގައި ފާހަގަކުރަން ޖެހޭ. ރިޝްވަތުގެ ހުތުރު އަމަލެއް." ޖަމީލް ވިދާޅުވި އެވެ.
ޓީވީއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުން ދައްކާފައިވާ ވާހަކަފުޅުތަކަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ސިޔާސީ ގޮތުންނާއި ޕޮލިސީގެ ގޮތުން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ދެއްކެވި ކަމަށެވެ. އަދި ބަހުސްގައި އިގްތިސޯދީ ގޮތުން ދެއްކެވި ވާހަކަފުޅުން ރާއްޖޭގެ ވަކި ރަށަކަށް އަމާޒްކޮށްގެން ވާހަކަ ދައްކަވާފައިވާ ކަމަށާއި މުޅި ރާއްޖެ އަށް ތަސައްވުރެ ނެތްކަން ހާމަވެގެން ދިޔަ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އަދި އެ ބަހުސް ކާމިޔާބުކުރީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ކަން ރާއްޖޭގެ ކުދި ބޮޑު އެންމެން ގަބޫލުކޮށްފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެގޮތުން ތައުލީމާއި ސިއްހީ އަދި އިޖްތިމާއި އަދާލަތުގެ ދާއިރާއާއި ރައްޔިތުންގެ ސުލްހަ މަސަލަސް ކަމާއި އަމަން އަމާންކަން ގާއިމުކުރަން ބެލިކަމުގައިވީ ނަމަވެސް އެ ކަންތައްތަކުގެ ޓްރެކް ރިކޯޑް އޮތީ ޕީޕީއެމްގެ އަތުގައި ކަމަށާއި އެކަން ކުރެވޭނެ ޓީމެއް އޮތީ ވެސް ޕީޕީއެމްގައި ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.