Last Updated: 1 decade 2 year ago
ސެމީ ފައިނަލުގައި ރާއްޖެ ވާދަކުރަން ޖެހޭނީ ޗެމްޕިއަން އިންޑިޔާއާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ އަންނަ ހޯމަ ދުވަހު ރާއްޖޭ ގަޑިން 5:45ގަ އެވެ. އެ މެޗުގައި އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތްރީއެއް ނުކު ޅޭނެ އެވެ. އެއީ އެމެޗަށް ނިކުނަ އިރު އޭނާ އަށް އަށް ދެ ރީދޫ ކާޑު ހަމަވެފައި ވުމުންނެވެ.
މިއަދު ރާއްޖެ އަތުން އެއްޕޮއިންޓް ހޯދި އަފްޣާން ވެސް ސެމީ ފައިނަލަށް ދަތުރު ކުރި އިރު، އަފްޣާން ސެމީ އަށް ދިޔައީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގައި އަފްގާނާއި ރާއްޖެ އަށް ހަތް ޕޮއިންޓު ލިބުނު އިރު، ގޯލުގެ ތަފާތުން ކުރި ހޯދައިފައި ވަނީ ރާއްޖެ އެވެ.
ސެމީގައި އަފްގާނިސްތާން ބައްދަލު ކުރަން ޖެހޭނީ ގްރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދި ނޭޕާލާ އެވެ. އެމެޗް ކުޅޭނީ އަންނަ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 5:45ގަ އެވެ.
އަފްގާނާ ދެކޮޅަށް ރާއްޖެ މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުކުޅެ އެވެ. އެހެން ނަމަވެސް މިއަދަކީ ދަނގަޑޭގެ 28 ވަނަ އުފަން ދުވަހަ އެވެ.
މިއަދުގެ މެޗުގައި ރާއްޖެ އަށް ލަނޑު ޖަހާނެ ދެ ތިން ފުރުސަތު ލިބުނު ކަންފާހަގަ ކޮށްލެވުނެއެވެ.
ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ރާއްޖެ ދިޔައީ ފުރަތަމަ މެޗުގައި ސްރީ ލަންކާ 10-0އިން ބަލިކޮށްފަ އެވެ. މިއީ މުބާރާތުގެ ރެކޯޑެކެވެ. އޭގެ ފަހުން ބޫޓާނާ އެކު ކުޅުނު މެޗު ރާއްޖެ ކާމިޔާބު ކުރީ 8-2އިންނެވެ. މިއީ ބޫޓާން ކޮޅަށް ރާއްޖެއިން އެންމެ ގިނަ ލަނޑު ޖެހި މެޗް ކަންވެސް ފާހަގަ ކޮށްލެވެ އެވެ.
ރާއްޖެ ހިމެނުނު ގްރޫޕުން ސެމީ ފައިނަލަށް ނުގޮސް ކެޓީ ސްރީ ލަންކާ އާއި ބޫޓާނެވެ. އަދި މިދެޓީމް މިއަދު ކުޅުނު މެޗް 5-2 ލަނޑުން ކާމިޔާބު ކުރީ ލަންކާ އެވެ.