14:30


ސްޕެނިޝް ލަލީގާގައި ސްޕޯޓިން ގިޖޯން ލަނޑެއް ޖަހައި ކުރި ހޯދައިފައި ވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހިގެން ރެއާލް މެޑްރިޑް ތާވަލުގެ އެއްވަނަ މަގާމް ދިފާއުކޮށްފި އެވެ.


ރެއާލްއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރަފެއެލް ވެންޑަވާޓް، ޒާބީ އޮލޮންސޯ އަދި އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ގޮންޒާލޯ ހިގުއިނެވެ. މިއީ މިސީޒަނުގައި ހުގުއިން ކާމިޔާބުކުރި ވިހި ވަނަ ލަނޑެވެ. މި ނަތީޖާއާއެކު ރެއާލް ވަނީ ޗެމްޕިއަން ބާސެލޯނާއާ ވަގުތީ ގޮތުން ތިން ޕޮއިންޓް ކުރިއަށް ޖެހިލާފަ އެވެ. މިރޭ ޒަރަގޯޒާ ކޮޅަށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްގެން ރެއާލް ފަހަތަށް ޖައްސާލުމުގެ ފުރުސަތު ބާސެލޯނާއަށް ވަނީ ހުޅުވިފަ އެވެ. މިމެޗު ކުޅޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު އެކެއް ޖަހާއިރު އެވެ.