21 Nov 2010, 12:39
އައްޑޫ ލިންކް ރޯޑްގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ބޯފަޅައިގެން ހިގައްޖެ އެވެ.
އައްޑު އަތޮޅު ހިތަދޫ ޕޮލިސް ސްޓޭޝަނުން ބުނީ މިއަދު ހަވީރު 5:15 އެހާކަން ހާއިރު އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ލިންކު ރޯޑުގެ އިރަށް ބާރު ސްޕީޓެއްގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެން ކަމަށެވެ.
އަދި އެ އެކްސިޑެންޓްވި ހިނގި ވަގުތުގައި ދެ ސައިކަލުގައި ހަތަރު މީހުން ތިބި ކަމަށާއި އޭގެ ތެރެއިން އެ ކެއްގެ ބޮލުގެ ނިއްކުރިއާ ދިމާލުން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެމެޖެންސީ ރޫމްގައި ފަރުވާދެމުންދާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އަނިޔާވި އަނެއް ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.