އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި ހާއްސަ ފޮޓޯތައް ސަން އޮންލައިންގެ ކިޔުންތެރިންނަށް ގެނެސްދިނުމަށް ފަށައިފި އެވެ.

ސަންގެ ކިޔުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ކުރިޔަށް ގެންދާ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ސަން އޮންލައިން އިލެކްޝަން ޕޭޖް މެދުވެރިކޮށް ފޮޓޯ ފޮނުވޭނެ އެވެ. އަދި އިންތިހާބުގެ ކަވަރޭޖް ގެނެސްދޭ ހާއްސަ ބްލޮގްގައި ކިޔުންތެރިންގެ ފޮޓޯތައް ޝާއިއުކުރަމުންދާނެ އެވެ.

އިންތިހާބުގެ ކަވަރޭޖް ގެނެސްދޭ އިންތިހާބުގެ ހަރަކާތްތައް މާލެ އާއި އެކި ސަރަހައްދުތަކުގައި ހިނގާ ހަރަކާތްތައް ވަގުތުން ގެނެސްދިނުމަށް ސަންގެ ނިއުސް ޓީމުން މަސައްކަތްކުރަމުންދާނެ އެވެ. އަދި ހާއްސަ ކަވަރޭޖް ސަން އޮންލައިންގެ އިތުރުން ސަން އެފްއެމްއާއި ސަން ޓީވީ ޕްލަސް އިން ގެނެސްދޭނެ އެވެ.

https://fbcdn-sphotos-d-a.akamaihd.net/hphotos-ak-frc3/1294288_572271432833691_2136181405_o.jpg

ރިޔާސީ އިންތިހާބުގެ ކަވަރޭޖް އެކި ސަރަހައްދުތަކުން ގެނެސްދިނުމަށް ސަން ނިއުސް ޓީމުގެ ނޫސްވެރިންތަކެއް ވެސް ދަނީ އެކި އަތޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ސަންގެ ނޫސްވެރިޔާ ހުސައިން ހަސަން އައްޑޫއިން އިންތިހާބުގެ މައުލޫމާތު ގެނެސްދޭއިރު ހދ. ކުޅުދުއްފުށިން ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ އަދި ގދ. ތިނަދޫން މުރުޝިދު އަބްދުލް ހަކީމް އިންތިހާބާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އެކި ރަށްރަށުން އިންތިހާބުގެ މައުލޫމާތާއި އިންތިހާބުގެ ނަތީޖާ ގެނެސްދިނުމަށް ސަންގެ މޮނިޓަރުން ވެސް ހަރަކާތްތެރިވަމުންދާނެ އެވެ.

ޑެސްކްޓޮޕްގެ އިތުރަށް މޯބައިލް ފޯންތަކަށް ވެސް ފަސޭހައިން ލައިވް ބޮލޮގް ބަލާލައި އަދި ނަތީޖާ ފެންނާނެ އެވެ.