05 Sep 2013, 23:53
ދިރާގުގެ ޕޯސްޓްޕެއިޑް މެދުވެރިކޮށް ދިރާގު ހުރިހާ ނަންބަރަކަށް މުޅިން ހިލޭ ގުޅޭ "ވޮއިސް އެންޑް އޮންސް" ދިރާގުން ތައާރަފް ކޮށްފި އެވެ.
ޕޯސްޓްޕެއިޑް އަންލިމިޓެޑް ވޮއިސް އެޑް-އޯންސްގެ ނަމުގައި ތައާރަފް ކޮށްފައިވާ އެ އެޑްއޮންސް ތެރޭގައި ޕޯސްޓްޕެއިޑް ބްރޮންޒް ނުވަތަ ސިލްވަ ޕެކެޖެއް ބޭނުންކުރާ ކަސްޓަމަރުންނަށް ވޮއިސް 249 ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ޕޯސްޓްޕެއިޑް ގޯލްޑް ޕެކެޖެއް ބޭނުންފުޅުކުރައްވާ ކަސްޓަމަރުންނަށް ވޮއިސް 199 ހިމެނޭއިރު ޕޯސްޓްޕެއިޑް ޕްލެޓިނަމް ނުވަތަ ޕޯސްޓްޕެއިޑް ޑައިމަންޑް ޕެކެޖެއް ބޭނުންކުރާ ކަސްޓަމަރުންނަށް ވޮއިސް 99 ހިމެނެ އެވެ.
ދިރާގު ޕޯސްޓްޕެއިޑް ގޯލްޑް ޕެކެޖެއް ގެންގުޅޭ ކަސްޓަމަރުން ވޮއިސް 249 އެޑް-އޮންއަށް ސަބްސްކްރައިބް ކުރުމުން ދިރާގު ހުރިހާ ނަންބަރުތަކަށް މުޅިން ހިލޭ ގުޅޭ ކަމަށް ދިރާގުން ބުންޏެވެ. އަދި"ވޮއިސް 249" ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކުރުމުން މި އެޑް-އޮންއަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށާއި ވޮއިސް 249 އެޑް-އޮންގެ މަހު ފީ އަކީ އެންމެ 249ރ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޕޯސްޓްޕެއިޑް ގޯލްޑް ޕެކެޖެއް ގެންގުޅޭ ކަސްޓަމަރުން ވޮއިސް 199 އެޑް-އޮންއަށް ސަބްސްކްރައިބް ކުރުމުން ދިރާގުގެ ހުރިހާ ނަންބަރުތަކަށް މުޅިން ހިލޭ ގުޅޭނެ އެވެ. އަދި މި އެޑް-އޮންއަށް ސަބްސްކްރައިބް ކުރުުމުން "ވޮއިސް 199" ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކުރުމުން ސަބްސްކްރައިބް ވާނެ އެވެ. ދިރާގު ހުރިހާ ނަންބަރުތަކަށް ހިލޭ ގުޅޭ ވޮއިސް 199 އެޑް-އޮންގެ މަހު ފީ އަކީ އެންމެ 199ރ. އެވެ.
އޭގެ އިތުރުން ދިރާގު ޕޯސްޓްޕެއިޑް ޑައިމަންޑް ނުވަތަ ޕްލެޓިނަމް ޕެކޭޖެއް ގެންގުޅުއްވާ ކަސްޓަމަރުން ވޮއިސް 99 އެޑް-އޮންއަށް ސަބްސްކްރައިބް ކުރުމުން ވެސް ދިރާގު ހުރިހާ ނަންބަރުތަކަށް މުޅިން ހިލޭ ގުޅޭނެ އެވެ. މި އެޑް-އޮންއަށް ސަބްސްކްރައިބް ކުރުމުން "ވޮއިސް 99" ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ކުރުމުން އެ އެޑް އޮން އަށް ސަބްސްކްރައިބް ވެގެންދާއިރު "ވޮއިސް 99" މަހުފީ އަކީ އެންމެ 99 ރ. އެވެ.