05 Sep 2013, 18:49
އަމީނީމަގު ސްޓެލްކޯ ކުރިމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.
މީގެ އިރުކޮޅެއް ކުރިން ހިނގި މިއެކްސިޑެންޓުގައި އަނިޔާ ލިބިފައިވާ ތިން މީހުންގެ ތެރެއިން އެކަކު ވަނީ އައިޖީ އެމް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަނެއް ދެ މީހުން ގެންގޮސްފައި ވަނީ އޭޑީކޭ ހޮސްޕިޓަލަށެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން، އެއް ސައިކަލް ދުއްވަން އިން މީހާ އަތުގައި ލައިސަންސް ނެތް ކަމަށާއި އެކްސިޑެންޓުވި ސައިކަލްތައް ޕުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މަންޒަރު ދުށްމީހަކު ސަން އަށް ކިޔައި ދެމުން ބުނީ، އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން ދެމީހުން ތިބީ އެއްސައިކަލުގައި ކަމަށާއި އަނެއް ސައިކަލްގައި އިނީ އެންމެ މީހެއް ކަމަށެވެ.
އެ އެކްސިޑެންޓުވި ދެ ސައިކަލަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.